ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާ އެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެ ސައްލާ އޮންނާނީ މިރޭ 8:00 ގައި ސަލްޓަން ޕާކުގައެވެ. މި ބައްދަލުވުން ބާއްވަނީ ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަންގެ ފަރާތުންނެވެ.

Ad
rt

އެ ހަތަރު ޖަމިއްޔާގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު، ރައީސް ޑރ. މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު ލިބިވަޑައިގެންނެވި މައުލޫމާތުތައް ހިއްސާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވާ ސުނާދު، ރައީސް މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު، "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މީހުންނަށް ހުޅުމާލެ، ގިރާވަރު އަދި ގުޅީފަޅުން ދޫކޮށްފައިވާ ބިންތަކާ ގުޅޭ ގޮތުން ވަރަށް އަގުހުރި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ސައްހަ ނޫން ގިނަ މައުލޫމާތުތަކެއްގެ ހަގީގަތް އެ ބައްދަލުވުމުން އެނގިގެން ދިޔަ ކަމުގައި އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ރަޖިސްޓަރީ ހަވާލު ކުރިއިރު، ހުޅުމާލެ އިން ބައެއް މީހުންނަށް ބިންތައް ވެސް އޭރު ހަވާލު ކުރިއެވެ.