ޕީއެންސީ/ޕީޕީއެމްގެ އިލްތިމާސަކީ ޕްރައިމަރީގައި ބަލިވާ މެންބަރުން މޮޅުވާ މެންބަރުންނާއެކު ތިބުން
އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް އިއްތިހާދު)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ބަލިވާ މެންބަރުން އެކުވެރިކަމާއެކު މޮޅުވާ މެންބަރުންނާއެކު ތިބުމަށް އެ އިއްތިހާދުން މިއަދު އިލްތިމާސްކޮށްފިއެވެ. އެ އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވ...