ޑައިވިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ކަކުލުންތިރި އާއި ހިސާބުން ބުރިވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހުޅުމާލެއާއި ދިމާ ބޭރުގައި އޮންނަ ޑައިވިން ޕޮއިންޓަކަށް ޑައިވިންއަށް ގޮސް މައްޗަށް އެރިވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައިޖެހި މީހަކަށް އަނިޔާވެފައިވާ މައްސަލަ މިއަދު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ އެމެރިކާގެ އުމުރުން 63 އަހަރުގެ ފަތުރުވެރިއަކަށް ކަމަށް ފުލުހުން ބުނެއެވެ.
''އެމީހާގެ ފައިގެ ކަކުލުން ތިރިއެއްކޮށް ވަނީ ބުރިވެފައި، ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެމީހާ އަށް ދަނީ ފަރުވާދެމުން'' ފުލުހުން ބުނެފަވެއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ހެނދުނު 8:30 ހާއިރުއެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!