ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި އެދުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ. އައިސީސީގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން އެދިވަޑައިގެންނެވީ ނަތަންޔާހޫ އާއި ގަލަންޓްގެ އިތުރުން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ފަލަސްތީނުގެ ޣައްޒާގައި ހުންނަވާ ލީޑަރު ޔަހްޔާ ސިންވާރު ހައްޔަރު ކުރުމުގެ އަމުރަކަށެވެ. ނަތަންޔާހޫ އާއި ގަލަންޓްގެ މައްޗ...