ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މުވައްޒަފު ފެނިއްޖެއެވެ.

ބަންގްލްދޭޝް އަށް ނިސްބަތްވާ އެ މުވައްޒަފު ގެއްލިގެން ހޯދަން ފެށީ އިއްޔެ އެވެ.

Ad
rt

އެ މީހާ ގެއްލުނު ވަގުތު އެ ރިސޯޓުގެ ފަޅުގައި އަޅާފައޮތް ކަޔަކެއް ވެސް ނެތުމުން، އެ ކަޔަކުގައި އެމީހާ މޫދަށް ފޭބި ކަމަށް އެ ރިސޯޓުން ވަނީ ލަފާކޮށްފައެވެ.

މި މީހާ ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ވެސް ފަށައި މިކަމުގައި އިއްޔެ ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ:

ފުލުހުން މިއަދު ބުނިގޮތުގައި ހޯދަމުން ދިޔަ މީހާ މިއަދު ވަނީ ފެނިފައެވެ. އޭނާ ފެނުނީ އޭނާ މޫދަށް ފޭބިކަމަށް ރިސޯޓުން ލަފާކުރި ކަޔަކް ގައި ގއ. އަތޮޅު ރިސޯޓަކަށް މިއަދު ދިއުމުންނެވެ.

ފެނުނުއިރު އެ ބިދޭސީ މުވައްޒަފުގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.