މާލޭ ގެސްޓް ހައުސްއެއްގައި ބިދޭސީއަކު ބަންދުކޮށްފައި ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. އެއީ ނޭޕާލު މީހެކެވެ. އެމީހާ ބަންދުކޮށްގެން ގެންގުޅެނީ މާފަންނުގައި ހުންނަ ގެސްޓް ހައުސްއެއްގައެވެ. ފުލުހުން ބުނީ، މާލޭގެ މާފަންނު ގައި ހުންނަ ގެސްޓް ހައުސްއެއްގައި ނޭޕާލު މީހަކު ބަންދުކޮށްގެން ގެންގުޅޭ މައްސަލައެއް އެ އިދާރާ އަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލާގައި، އެ ގެސްޓް ހައުސްގައި ފުލުހުން ހަރަކާތްތެރިވެ، އެމީހާ ސަލާމަތްކޮށްފައިވާއިރު، އެމީހާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހ...
ޔުމްނާ ޢަލީ
ބޯކޮށް ވާރޭ ވެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ނެރެމުން އައި ރީނދޫ ސަމާލުގެ ދަރަޖަ، ހުދު ސަމާލަށް ބަދަލުކޮށްފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ސަމާލުގެ ދަރަޖަ ހުދު ސަމާލަށް ދަށްކޮށް، މި ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ. ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 20:00 އިން މިރޭ […]
ޔުމްނާ ޢަލީ
ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް ސަލްމާން ބިން އަބްދުލް އަޒީޒް އާލާސްކަންފުޅާ އުޅުއްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނަށް އަވަސް ޝިފާއަކަށް މިއަދު އެދިވަޑައިގެންފިއެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައުދީ ރަސްގެފާނުގެ ސިއްހަތާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. Deeply...
މުޙައްމަދު
އއ. ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު އިއްޔެ މަރުވެއްޖެއެވެ. ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވި އިރު، މިއަދު ކ. ފިހާޅޮހި ރިސޯޓުން ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު ވެސް ވަނީ މަރުވެފައެވެ. އެ ރިސޯޓުގައި މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ ރަޝިއާ ފަތުރުވެރިއެކެވެ. ފުލުހުން ބުނީ އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅެނިކޮށް ފަތުރުވެރިއަކު ހަބަރު ހުސްވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 10:30 […]
މުޙައްމަދު
އުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދިވެހި މީހާ ހައްޔަރު ކުރީ ފުލުހުންނަށް ފިލައިގެން އުޅޭތީ ފުލުހުންގެ ވެބްސައިޓުގައި އިއުލާން ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ. ނ، ރ، ބ، އަދި ޅ، އަތޮޅު ހިމެނޭ ނޯތު ޕޮލިސްގެ ބެލުމުގެ ދަށުގައި އޮތް ރަށެއްގައި […]
މުޙައްމަދު
ރިސޯޓެއްގައި ސްނޯކްލިން އަށް ދިޔަ ފަތުރުވެރިޔަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 67 އަހަރުގެ ފަތުރުވެރިއެކެވެ. ރަޝިޔާ އަށް ނިސްބަތްވާ މި މީހާ ގެނބިގެން މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 11:30 ހާއިރުއެވެ. އޭޑީކޭ ހޮސްޕިޓަލަށް އެމީހާ ގެންދިޔައިރު ވެސް އެމީހާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން […]
ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ ‘’ފެންޓަނީލް-ލޭސްޑް ޑްރަގްސް’’ އުފައްދާ އަދި ބައިނަލްއަގްވާމީ ބާޒާރުގައި ދައުރުވުން އިތުރުވެފައި ވާތީ އެކަމާމެދު ރައްޔިތުން ސަމާލުވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އެދިއްޖެއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ މަސްތުވާތަކެތީގެ ނުރައްކާތެރި މި ބާވަތް، އާންމު ނަމުންނަމަ ‘’ޗައިނާ ވައިޓް’’ އަކީ ބާރުގަދަ ކެމިކަލްތަކެއް އެކުލެވިގެން އުފައްދާފައިވާ ނުރައްކާތެރި ބާވަތެއްގެ މަސްތުވާއެއްޗެއް ކަމަށެވެ. މި ބާވަތުގެ މަސްތުވ...
ޙުސައިން ޝަހުދީ
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކޮށްފިއެވެ. ޕީއެންސީން ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު މިއަދު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައެވެ. ޕީއެންސީއާއި އަލްސަން ގުޅިވަޑައިގަތުމުން ފޯމާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އަލްސަންގެ އިތުރުން މިދިޔަ އ...
ޔުމްނާ ޢަލީ
ރ. އުނގޫފާރުގައި ފެން ކޯރެއްގައި ކުޅެން ތިބި ދެ ކުދިން ކަރަންޓުގައި ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، އުނގޫފާރުގެ ކުޑަކުދިންގެ ޕާކުގެ ކައިރީގައި ހުރި މަގު ބައްތިއެއް ކައިރީ އޮތް ފެން ގަނޑެއްގައި ކުޅެންތިބި ދެ ކުދިން ކަރަންޓްގައި ޖެހިފައިވާ ކަމަށް މިއަދު 13:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި ކަރަންޓްގައި ޖެހިފައި ވަނީ 18 އަހަރުގެ ފިރިހެން ކުއްޖަކާއި، 12 އަހަރުގެ އަންހެން ކުއްޖެކެވެ. މި ދެ ކުދިންނަށް ވެސް […]
ޔުމްނާ ޢަލީ
އދ. ސެންޓަރާ ރިސޯޓުގައި ގެނބުނު ފަތުރުވެރިއަކު ސަލާމަތްކުރަން މޫދަށް ފޭބި ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި، ސެންޓަރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެ މީހާ ސަލާމަތްކުރަން މޫދަށް ފޭބި މީހަކު ގެނބިގެން ފަރުވާދެމުންދާކަމަށް މިއަދު 11:05 ހާއިރު އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފަތުރުވެރިޔާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ގެނބުނު ދިވެހި މީހާ އދ. ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައިކަމަށް އެތަނުން ފުލުހުންނަށ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޙަސަން ޒަރީރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޒަރީޒު މި މަޤާމަށް އައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑ...
ޔުމްނާ ޢަލީ
ސަރުކާރުގެ އެކިއެކި މަގާމުތަކަށް ގެންނަމުންދާނެ ބަދަލުތަކަކީ ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށް ގެންނަ ބަދަލުތަކެއް ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރު ހިންގެވުމުގައި އެމަނިކުފާނަށް ފަސޭހަފުޅުވާ ގޮތެއް ކަންކަން ބައްޓަން ކުރެއްވުމަށް އެމަނިކުފާނަށް ބާރު ލިބިގެންވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކ...
މުޙައްމަދު
ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ވައިގަދަވީ ހުޅުލެއަށް ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ވޭތުވެދިޔަ 24 ގަޑިއިރު، އާންމު ވައި، އަދި ވިލާގަނޑުގައި ވައި އެންމެ ގަދަވި ބާރު މިނުގެ ރިކޯޑުތައް އާންމުކޮށްފައެވެ. މެޓް އޮފީހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ވިލާގަނޑެއްގައި ހުޅުލެއަށް ގަޑިއަކު 63 މޭލަށް […]
މުޙައްމަދު
ހއ. އަތޮޅުން ފެށިގެން ވ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެ، އޮރެންޖު އިންޒާރު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފައި ވަނީ މިއަދު 8:00 އިން 11:00 އަށެވެ. މި ސަމާލުގެ ވަގުތުގައި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، މި ސަމާލުގެ ވަގުތުގައި އާންމުގޮތެއްގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި […]
ޙުސައިން ޝަހުދީ
ބޯކޮށް ވާރޭވެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފައި ވަނީ މިރޭ 19:30 އިން 22:30 އަށެވެ. މި ސަމާލުގެ ވަގުތުގައި ވަނީ އާންމުގޮތެއްގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައެވެ. މީގެ އިތުރުން ވިލާގަނޑުގައި […]
ޙުސައިން ޝަހުދީ