ގެއްލިގެން ހޯދަމުން ދިޔަ މުދާ އުފުލާ ދޯންޏާ ގުޅިއްޖެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެކެވެ.
‘’AAA-37” ނަމަކަށް ކިޔާ މި މުދާ އުފުލާ ދޯނި ތިލަފުށިން ފުރާފައި ވަނީ 17 މޭ ވީ ހުކުރު ދުވަހު (އިއްޔެ) ހެނދުނު 06:00 ހާއިރު އެވެ.
އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ 17:20 ހާއިރެވެ.
އެއާއެކު ދޯނި ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނައިރު، މި ދޯންޏާއި މިއަދު ގުޅިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
‘’ހޯދަމުންދިޔަ "އޭއޭއޭ 37" މުދާ އުފުލާ ދޯންޏާ ގުޅިއްޖެ. އެމްއެންޑީއެފް ކޯސްޓްގާޑް ޝަހީދު ޢަލީ ދަނީ އެ ދޯނި އޮތް ސަރަހައްދަށް ދިޔުމަށް ދަތުރުކުރަމުން.’’ އެމްއެންޑީއެފުން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!