މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 379 ވަނަ ޞަފްޙާ

ހައްޔަރު ކުރި ކަރެކްޝަންސް 11 މުވައްޒަފަކު ޝަރީޢަތް ނިމެންދެން ބަންދަން

ހައްޔަރު ކުރި ކަރެކްޝަންސް 11 މުވައްޒަފަކު ޝަރީޢަތް ނިމެންދެން ބަންދަން

ހައްޔަރު ކުރި ކަރެކްޝަންސް 11 މުވައްޒަފަކު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ 13 މުވައްޒަފަކު ހައްޔަރު ކުރީ އިއްޔެ އެވެ. މި މީހުންނާމެދު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 11 މުވައްޒަފަކު ވަނީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަނެއް ދެ މުވައްޒަކު ވަނީ 5 ދުވަހަށް ބަންދުކޮށްފައެވެ.

ޔުމްނާ ޢަލީ
ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް މާދަމާ ފަށަނީ

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް މާދަމާ ފަށަނީ

ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެެއެވެ. މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ގުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރާނެ ކަމަށެވެ. އެއީ ސިޓީތަކުގެ 52 ސްކޫލަކުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގަ...

މުޙައްމަދު
”ޔުނިފޯމް ވިއްކާނަމަ“ އެކަން ޓޮލަރޭޓެއް ނުކުރާނަން: އިހުސާން

”ޔުނިފޯމް ވިއްކާނަމަ“ އެކަން ޓޮލަރޭޓެއް ނުކުރާނަން: އިހުސާން

ފައިސާގެ ބޭނުމުގައި ”ޔުނިފޯމް ވިއްކާނަމަ“ އެކަމެއް ޓޮލަރޭޓް ނުކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު އިހުސާން މިހެން ވިދާޅުވީ، ކަރެކްޝަންސްގެ އޮފިސަރުންތަކެއް ރިޝްވަތު ނަގައިގެން މާފުށީ ޖަލަށް ފޯނާއި ޑްރަގްސް އެތެރެކުރާ މައްސަލައިގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަން ހާމަކުރަށްވަމުންނެވެ. މިކަން ހާމަކުރުމަށް ފުލުހުންގެ މަރުކަޒު، އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާ...

ޔުމްނާ ޢަލީ
އައިއެސްއެސް ބިމަށް ތިރިކުރުމަށް ވެހިކަލެއް އުފެއްދުމަށް ނާސާއިން 843 މިލިއަން ޑޮލަރުދީފި

އައިއެސްއެސް ބިމަށް ތިރިކުރުމަށް ވެހިކަލެއް އުފެއްދުމަށް ނާސާއިން 843 މިލިއަން ޑޮލަރުދީފި

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) 2030 ވަނަ އަހަރު ރިޓަޔާ ކުރާއިރު އޯބިޓުން ބޭރުކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޖައްވީ އުޅަނދެއް އުފެއްދުމަށް ނާސާއިން ސްޕޭސްއެކްސްއާ 843 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ހަވާލުކޮށްފިއެވެ. “ޔޫއެސް ޑިއޯބިޓް ވެހިކަލް ޑިވެލޮޕްކޮށް ޑެލިވަރީކޮށް، ސްޕޭސް ސްޓޭޝަންގެ އޮޕަރޭޝަނަލް ލައިފް 2030 ވަނަ އަހަރު ނިމުމަށް ފަހު، އެ ތަނުގެ ރައްކާތެރި އަދި ޒިންމާދާރު ޑިއޯބިޓަކަށް ތައްޔާރުވުމަށް ސްޕޭސް އެކްސް ހޮވާފައި ވޭ،” ނާސާ އިން އެކްސްގައި ބުނެފައިވެއެވެ. އަދި މި “...

އަޙްމަދު ދާއޫދު
ހަރަދުތައް ކުޑަކުރަން ސިޔާސީ މަގާމުތައް މަދުކޮށް ގިނަ ފިޔަވަޅުތަކެއް އަޅަނީ

ހަރަދުތައް ކުޑަކުރަން ސިޔާސީ މަގާމުތައް މަދުކޮށް ގިނަ ފިޔަވަޅުތަކެއް އަޅަނީ

ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ޢިއުލާން ކުރަށްވައިފިއެވެ. ރައީސް މިކަން ޢިއުލާން ކުރަށްވާފައި ވަނީ މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަޤާމުތައް މަ...

ޔުމްނާ ޢަލީ
ޖަލަށް ފޯނާއި ޑްރަގް ވައްދާ 18 މުވައްޒަފެއް، 73.6 މިލިއަން ރުފިޔާ

ޖަލަށް ފޯނާއި ޑްރަގް ވައްދާ 18 މުވައްޒަފެއް، 73.6 މިލިއަން ރުފިޔާ

ޖަލުތަކަށް ފޯނާއި ޑްރަގްސް ވައްދާ މައްސަލައިގައި 18 މުވައްޒަފަކު އުޅުނުކަން ފާހަގަކުރެވުނު ކަމަށް  ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުއެވެ. ވަޒީރު މިހެން ވިދާޅުވެފައި ވަނީ ފުލުހުންގެ މަރުކަޒު، އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ، ކަރެކްޝަންސްގެ އޮފިސަރުންތަކެއް ރިޝްވަތު ނަގައިގެން މާފުށީ ޖަލަށް ފޯނާއި ޑްރަގްސް އެތެރެކުރާ މައްސަލައިގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަ...

ޔުމްނާ ޢަލީ
ސްޓޭޓް މިނިސްޓަރު ޝަމްނާޒް ވަކިކޮށްފި

ސްޓޭޓް މިނިސްޓަރު ޝަމްނާޒް ވަކިކޮށްފި

ރައީސް ޑރ މުހައްމަދު މުއިއްޒު އާ ގާތްވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އެ މަގާމުން ވަކިކޮށްފިއެވެ. އެނގިފައިވާ ގޮތުގައި ޝަމްނާޒް އެ މަގާމުން ވަކިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ބުނީ އެ އިދާރާ އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސްޓޭޓް މިނިސްޓަރު ޝަމްނާޒް އާއި އިތުރު ދެ މީހުން މި މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. […]

މުޙައްމަދު
"ފަލަސްތީނު ހިނގުން" ކިޔަން ނިންމީ މާލޭގެ ގޯޅިއަކަށް

"ފަލަސްތީނު ހިނގުން" ކިޔަން ނިންމީ މާލޭގެ ގޯޅިއަކަށް

މާލޭގެ ގޯޅިއަކަށް “ފަލަސްތީން ހިނގުން” ކިޔަން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ. މާލޭގެ ގޯޅިއަކަށް “ފަލަސްތީން ހިނގުން” ކިޔަން ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ. އެއީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 146ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. ކައުންސިލުން އޭރު މަޝްވަރާ ކުރީ މާލޭގައި ނަމެއް ނުދީ އޮތް ދެ ގޯޅީގެ ތެރެއިން އެއް ގޯޅިއަކަށް ފަލަސްތީނާ ގުޅުވައި ނަމެއް ކިޔުމަށެވެ. ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ […]

މުޙައްމަދު
ނައީމާގެ މަރުގެ މައްސަލާގައި ބައެއް ހެކިތައް ސިއްރުކޮށްފި

ނައީމާގެ މަރުގެ މައްސަލާގައި ބައެއް ހެކިތައް ސިއްރުކޮށްފި

ނ. މަނަދޫގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި ބައެއް ހެކިތައް ސިއްރު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ. ނައީމާ ދިރިއުޅޭ ގޭގައި މިދިޔަ އަހަރު އޭނާ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ރަށުގެ ތިން މީހެއްގެ މައްޗަށެވެ. އެއީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި ފެހިވިލާގޭ އަހުޒަމް އަބްދުއްޝަކޫރާއި އަދި ވިނަރެސް، ހުސައިން ފަވާޒުގެ މައްޗަށެވެ. އެ މައްސަލާގައި، ތޫނު […]

ހުސައިން ހަބީބް
ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލަމުން އަންނަކަމަށް ބުންޏެެވެ. މައްސަލައާއި ގުޅިގެން މިހާތަނަށް ކުރި މަސައްކަތުން ވީޑިއޯ އިން ފެންނަނީ ކޮންބަޔެއްކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ މި ވީޑިއޯއާއި ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ އެ އިދާރާއާއި ހިއް...

ޔުމްނާ ޢަލީ
ޑިންގީއެއްގައި ލެއްގި ސޯމާލިއާ މީހުން އިމިގްރޭޝަނާ ހަވާލުކޮށްފި

ޑިންގީއެއްގައި ލެއްގި ސޯމާލިއާ މީހުން އިމިގްރޭޝަނާ ހަވާލުކޮށްފި

ޑިންގީއެއްގައި ރާއްޖޭގެ ފަޅުރަށަކަށް ލެއްގި ސޯމާލިއާގެ ތިން މީހުން މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. ރާއްޖޭގެ ފަޅުރަށަކަށް ސޯމާލިއާގެ ތިން ފިރިހެނުންނާ އެކު، ޑިންގީއެއް ލެއްގީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެމީހުން ދަތުރުކުރަމުންދިޔަ ޑިންގީއާއެކު ލެއްގީ ނ. ވަވައްޗަށެވެ. ފުލުހުން ބުނީ ސޯމާލިއާ ތިން މީހުން އިއްޔެ ހުޅުމާލެ އިމިގްރޭޝަން ފެސިލިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ. ހުޅުމާލެ 2 ގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބައިތިއްބާ ފެސިލިޓ...

އަޙްމަދު ވަހީދު
ކުރިން މޫސުން ގޯސްވީ ބަދިގެ ތެރެއިން ކަންކަން ނިންމަން ފެށުމުން، މިފަހަރު އެހެންނެއް ނުވާނެ: ލަތީފް

ކުރިން މޫސުން ގޯސްވީ ބަދިގެ ތެރެއިން ކަންކަން ނިންމަން ފެށުމުން، މިފަހަރު އެހެންނެއް ނުވާނެ: ލަތީފް

2013 ވަނަ އަހަރު އިންތިޚާބުވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ވެރިކަމުގައި ”މޫސުން ގޯސްވީ ބަދިގެ ތެރެއިން ކަންކަން ނިންމަން ފެށުމުން ކަމަށާއި، މިފަހަރު އެކަން އެހެން ނުވާނެ ކަމަށް” ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ ޖަލްސާތައް މިރޭ ފަށާފައިވާއިރު، ރައީސް މުޢިއްޒާއި ވަރަށް ގާތް ގުޅުމެއް އޮންނަ ލަތީފް މިހެން ވިދާޅުވީ، މިޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. […]

ޝިއުނާ އާދަމް
އިންޑިއާ އެމްބަސީގައި ރޯކުރަން އައްބާސް ގޮވައެއް ނުލާ: ވަކީލް

އިންޑިއާ އެމްބަސީގައި ރޯކުރަން އައްބާސް ގޮވައެއް ނުލާ: ވަކީލް

އިންޑިއާގެ އެމްބަސީގައި ހުޅުޖަހަން އައްބާސް އާދިލް ރިޒާ ގޮވާލާފައި ނުވާނެ ކަމަށް އޭނާގެ ވަކީލް ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ. މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް އަދާ ކުރައްވަމުން ގެންދަވާ އައްބާސްގެ މައްޗަށް ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ ދައުލަތުން ކުރަނީ 2022 ގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ގޮވާލައި ޓްވީޓް ކުރެއްވުމާއި ކްލަބް ހައުސްގައި ވާހަކަ ދައްކަވަމުން މާލޭގައި ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް […]

ހުސައިން ހަބީބް
ސިހުރު ހެދި ކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރު ޝަމްނާޒް ހައްޔަރުކޮށްފި

ސިހުރު ހެދި ކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރު ޝަމްނާޒް ހައްޔަރުކޮށްފި

ރައީސް ޑރ މުހައްމަދު މުއިއްޒު އާ ގާތްވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ އިދާރާ އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސްޓޭޓް މިނިސްޓަރު ޝަމްނާޒް އާއި އިތުރު ދެ މީހުން މި މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ތިން މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް […]

މުޙައްމަދު
ކުނި އުކާލަން ދިޔަ ބިދޭސީއެއް މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

ކުނި އުކާލަން ދިޔަ ބިދޭސީއެއް މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީގެ ފޭދޫގައި ކުނި އުކާލަން ދިޔަ ބިދޭސީއެއް މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ، އައްޑޫ ސިޓީގެ ފޭދޫގައި މިއަދު ހެނދުނު ކުނި އުކާލަން ދިޔަ ބިދޭސީއެއް ޚަބަރު ނުވެގެން ހޯދަމުން ދަނިކޮށް މޫދުގައި އޮއްވާ ފެނިފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މީހާ މޫދުގައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:40 ހާއިރު އެވެ. އެމީހާ ފޭދޫގައި ހުންނަ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ […]

ޔުމްނާ ޢަލީ