ހައްޖާޖީން ބަލައި އެއާޕޯޓަށް ދާއިރު ވީހާ ވެސް މަދުން މީހުން ދިޔުމަށް އެދިއްޖެ
ހައްޖުގެ މަތިވެރި އަޅުކަމަށްފަހު އަންނަ ހައްޖާޖީން ބަލައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދާއިރު ވީހާ ވެސް މަދުން މީހުން ދިޔުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ. މިގޮތުން އެޗްޕީއޭއިން ވަނީ ހައްޖާޖީން ބަލައި އެއާޕޯޓަށް ދާ މީހުން ސަމާލުކަން ދޭންވީ ބައެއް ކަންކަން ފާހަގަކޮށް، އެކަންކަމަށް ޢަމަލުކޮށްދިނުމަށް އެދި އިލްތިމާސްކޮށްފައެވެ. ހައްޖާޖީން ބަލައި އެއާޕޯޓަށް ދާ މީހުން ސަމާލުކަން ދޭންވީ ކަންކަމުގެ ތެރޭގައި އެޗްޕީއޭއިން ފާހަގަކޮށްފައިވާ އެއްކަމަކީ، އެއާޕޯ...