މާލޭގައި މިއަދު އަލިފާން ރޯވި އިމާރާތުގައި އަނެއްކާވެސް ރޯވެއްޖެއެވެ.
ފުލުހުން ދެންމެ ބުނީ ކުރިންވެސް އަލިފާން ރޯވި އިމާރާތުގައި އަނެއްކާ ވެސް އަލިފާން ރޯވެގެން ރިޕޯޓު ލިބިފައިވާކަމަށެވެ.
’’އަނެއްކާވެސް އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުން’’ ފުލުހުން ބުނެފަވެއެވެ.
މިއަދު މެންދުރުފަހު 15:00 ހާއިރު އަލިފާން ރޯވީ މާލޭގެ ހެންވޭރުގައި ހުންނަ ދޫހިމެރިގޭގައެވެ. ފުރަތަމަ ރޯވީ އެ ގޭގައި ހިންގާ ކެފޭއެއްގައެވެ.
މި ހާދިސާގައި ހ. ދޫހިމެރިގޭގެ އިތުރުން އެ ގެއާއި އިންވެގެން ހުރި ގެއަކަށްވެސް އަލިފާނުގެ އަސަރުކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!