މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 340 ވަނަ ޞަފްޙާ

ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދެފި

ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދެފި

ރާއްޖޭގެ ރިސޯޓެއްގައި ބިދޭސީ ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދިއްޖެ އެވެ. އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އެ މައްސަލާގައި ދައުލަތުގެ މުހިންމު ހެކިވެރިންތަކެއް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އަދި އެ މީހުން ތިބި ތަނެއް ނޭނގޭތީ އެ މީހުން ތިބި ތަނެއް ހޯދުމުގެ މަސައްކަތް ދައުލަތުން ދިޔައީ […]

ހުސައިން ހަބީބް
ޑްރަގް އެތެރެކުރި މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދިއްޖެ

ޑްރަގް އެތެރެކުރި މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދިއްޖެ

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދެ ދިވެހިންނާއި، ޕާކިސްތާނުގެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި, ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލާގައި ހިމެނޭ ތިން މީހުންނަކީ މިއަހަރުގެ ޖުލައި 24 ވަނަ ދުވަހުގެ ފަތިހު 5:10...

ޔުމްނާ ޢަލީ
ޖަޒީރާ ގައުމުތަކަކީ ވިލުންތެރި ގައުމުތަކަކަށް ހަދަންޖެހޭ: ރައީސް

ޖަޒީރާ ގައުމުތަކަކީ ވިލުންތެރި ގައުމުތަކަކަށް ހަދަންޖެހޭ: ރައީސް

ކުދި ޖަޒީރާ ގައުމުތަކަކީ މަލީގޮތުން ފުދުންތެރި، އިގްތިސާދީގޮތުން ކުރިއަރާފައިވާ އަދި ވިލުންތެރި ގައުމުތަކަކަށް ހަދަންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެކުވެރި ދައުލަތްތައް (އދ.)ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ބައްދަލުވުމުގެ ކުރިން ކުރިއަށްދިޔަ ސިޑްސްގެ “ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް” ގެ ހަ...

ޔުމްނާ ޢަލީ
ރައީސް އެމެރިކާ އަށް ވަޑައިގެންފި

ރައީސް އެމެރިކާ އަށް ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ. ރައީސް މުޢިއްޒު އެމެރިކާއަށް ކުރަށްވާ މި ދަތުރުފުޅަކީ، އެކުވެރި ދައުލަތްތައް (އދ.)ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެކެވެ. ރައީސް އެމެރިކާއަށް ވަޑައިގެންނެވުމުން މަރުޙަބާވިދާޅުވީ، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ޢަލީ ނަސީރު މުޙައްމަދެވެ. ރައީސްގެ މި ދަތުރުފުޅުގައި އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަޤުރީރު ކުރައްވަން ހަޖެހިފައިވާއިރު، އދ. ގެ ސ...

ޔުމްނާ ޢަލީ
އިމާމުންގެ މަހާސިންތާ ފަށައިފި

އިމާމުންގެ މަހާސިންތާ ފަށައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިމާމުންގެ މަހާސިންތާ 2024 މިއަދު ފަށައިފިއެވެ. މި މަހާސިންތާގައި މުހިއްމު ފަސް ސެޝަނެއް އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މިގޮތުން މިއަދު ހެނދުނު ވަނީ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައެވެ. މި ސެޝަން ނަންގަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މި ސެޝަންގެ މަޢުޟޫއުއަކީ އުންމަތް ބިނާކުރުމުގައި މިސްކިތްތަކުގެ ދައުރެވެ. ދެވަނަ ސެޝަންގައި އިމާމުންގެ މުހިންމުކަމާއ...

ޔުމްނާ ޢަލީ
"ކަންކަން ކޮށްދެވޭނެ ފަރާތްތަކާއި ބައްދަލުކޮށް އެކުގައި މަސައްކަތްކުރަންޖެހޭ"

"ކަންކަން ކޮށްދެވޭނެ ފަރާތްތަކާއި ބައްދަލުކޮށް އެކުގައި މަސައްކަތްކުރަންޖެހޭ"

ރާއްޖެއަށް ފައިދާކުރާނެ ކަންކަން ކޮށްދެވޭ ފަރާތްތަކާއި ގިނައިން ބައްދަލުކޮށް އެކުގައި މަސައްކަތްކުރަންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެވެ. ރައީސް މުޢިއްޒު، އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް މިއަދު ވަނީ އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފައެވެ. މި ދަތުރުފުރަށް އަރާވަޑައިގަތުމުގެ ކުރިން ރައީސް ވަނީ މީޑިއާތަކަށް ބަސްދީގަތުމެއް ދެއްވާފައެވެ. މި ބަސްދީގަތުމުގައި ރައީސް ވިދާޅުވީ، މި ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލ...

ޙުސައިން ޝަހުދީ
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަންގެ ދަރަނި އަނބުރާ ދެއްކުން އަހަރަކަށް ފަސްކޮށްދެއްވައިފި

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަންގެ ދަރަނި އަނބުރާ ދެއްކުން އަހަރަކަށް ފަސްކޮށްދެއްވައިފި

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާފައިވާ މާލީ އެހީތެރިކަމުގެ ތެރެއިން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް ފަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމަވާފައިވެއެވެ. މި ނިންމެވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އައި ނިންމުމެކެވެ. މިއީ މި އަހަރު ތެރޭގައި ދައްކަންޖެހޭ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ މިދިޔަ މެއި މަހުގެ 1...

އަލީ އާދިލް
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލި މީހަކު ހައްޔަރުކޮށްފި

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލި މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލައިގެން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، 17 ސެޕްޓެމްބަރު ރޭ ހެންވޭރު ދަނޑު ކައިރީގައި ވީސީޕީގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް ބާރު ސުޕީޑްގައި ސައިކަލް ދުއްވަމުން ދިޔަ މީހަކުގާތު ސައިކަލް މަޑުކުރަން ފުލުހުން އެދުނުކަމަށެވެ. ނަމަވެސް އެމީހާ ވަނީ މަޑުކުރަން ބުނުމުން ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި މަޑުނުކޮށް ފިލައިގެން ގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އ...

ޔުމްނާ ޢަލީ
ރަށެއްގައި ފުރަތަމަ ފަހަރަށް އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހަދައިފި

ރަށެއްގައި ފުރަތަމަ ފަހަރަށް އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހަދައިފި

ވެރިރަށް މާލެ ފިޔަވައި ރަށެއްގައި ފުރަތަމަ ފަހަރަށް އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ސަރުކާރުން ފަހިކޮށްދީފިއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ފުރަތަމަ ފެށި އަތޮޅު ތެރޭގެ ރަށަކަށް ވެގެން ގޮސްފައި ވަނީ ގއ. ވިލިނގިއްޔެވެ. ވިލިނގިލީގައި މިއަދު މި ޚިދުމަތް ފަށާފައިވާއިރު، އެކަމަށް އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދާޚިލީ ވަޒީރު އަލީ އިހްސާން ބައިވެރިވެވަޑައިގެންނެވިއެވެ. ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހެދިއިރު، އެ ޚިދުމަތް މިހާތަނަށް ލ...

ޔުމްނާ ޢަލީ
އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ ބަންދުކުރި މައްސަލަ ހައިކޯޓަށް

އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ ބަންދުކުރި މައްސަލަ ހައިކޯޓަށް

ރާއްޖޭގައި ހުރި ބޭރުގެ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުއުފުލި މައްސަލާގައި ޑރ. އިޔާޒް އަބްދުއްލަތީފްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ. އިޒްރޭލާ ދެކޮޅަށް އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލާގައި ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހިމް މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރު ކުރުމަށްފަހު އެ ދެ މީހުން ހަފުތާއަކަށް ވުރެ ގިނަ ދުވަހަށް ބަންދުގައި ބޭތިއްބި އެވެ. ޝާދިޔާ ބަންދުކުރަން ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން […]

ހުސައިން ހަބީބް
ރައީސް، އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސް، އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސްގެ މި ނިންމެވުން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދެވެ. މި ދަތުރުފުޅުވެގެންދާނީ 17 ނޮވެމްބަރު 2024 ގައި ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން ރައީސް އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ. ރައީސ...

ޔުމްނާ ޢަލީ
ސްޕާތަކަށް ހާއްސަ އޮޕަރޭޝަނެއް، 22 ތަނެއް ފާސްކޮށް 7 އަންހެނަކު ހައްޔަރަށް

ސްޕާތަކަށް ހާއްސަ އޮޕަރޭޝަނެއް، 22 ތަނެއް ފާސްކޮށް 7 އަންހެނަކު ހައްޔަރަށް

މާލޭގައި ހިންގަމުން އަންނަ ސެލޫންތަކާއި ސްޕާތަކަށް އަމާޒުކޮށްގެން މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 22 ތަނެއް ބަލާ ފާސްކޮށް ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީ 7 އަންހެނަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށް، އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ޤާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އިއްޔެ ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ...

އިބްރާހިމް ޚަލީލް
ކުނިމެނޭޖްކުރުމަށް ޑަމްޕް ޓްރަކް 18 ރަށަކަށް، ބޭލިން މެޝިން 15 ރަށަކަށް ހަވާލުކޮށްފި

ކުނިމެނޭޖްކުރުމަށް ޑަމްޕް ޓްރަކް 18 ރަށަކަށް، ބޭލިން މެޝިން 15 ރަށަކަށް ހަވާލުކޮށްފި

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް 18 ރަށަކަށް އަދި ކުނިރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 އަށް އިއްޔެ ހަވާލުކޮށްފިއެވެ. ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ މިއީ ރާއްޖޭގެ ކުނިމެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ހަވާލުކުރެވުނު ތަކެތި ކަމަށެވެ. މި ތަކެއްޗަކީ އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަ...

ޔުމްނާ ޢަލީ
މާލޭގެ ގެއަކުން ވެއްޓުނު ބިއްލޫރިގަނޑަކުން ޖެހި މީހަކަށް އަނިޔާވެއްޖެ

މާލޭގެ ގެއަކުން ވެއްޓުނު ބިއްލޫރިގަނޑަކުން ޖެހި މީހަކަށް އަނިޔާވެއްޖެ

މާލޭގެ ގެއެއްގެ ހަ ވަނަ ފަންގިފިލާގެ ދޮރެއްގެ ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓި، މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ 19:12 ހާއިރު، މާލޭގެ މާފަންނު ޖަހާމުގުރި ގޯޅީގައެވެ. ފުލުހުން ބުނީ އެ ބިއްލޫރިގަނޑު މަގުމައްޗަށް ވެއްޓި އެ ގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހުނުކަމަށެވެ. އަދި އެ ބިއްލޫރިގަނޑު ސައިކަލްގައި ޖެހި ބިއްލޫރިތައް ބުރައިގެން ދިޔަ ވަގުތު މީހެއްގެ ގައިގައި ޖެހި އަނިޔާވެފައިވާ ކަމަށެވެ. އެވަގުތު އެމީހާ އުޅުނީ އޭނާ ދުއްވި ސައިކަލް […]

ޔުމްނާ ޢަލީ
މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި މީހަކު ހޯދަނީ

މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި މީހަކު ހޯދަނީ

މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތުހުމަތުވާ މީހަކު ތަހުގީގަށް ހާޒިރުވުމަށް އަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ޢިއުލާންކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައަކީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުންް ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. މި މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ހޯދަމުން ދަނީ އުމުރުން 35 އަހަރުގެ ޢަބްދުﷲ ރިޝީފް، ޝާޒް/ ހދ. ނޭކުރެންދޫ އެވެ. ފުލުހުން ބުނީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ރިޝީފް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން...

ޔުމްނާ ޢަލީ