ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދެ ދިވެހިންނާއި، ޕާކިސްތާނުގެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި, ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލާގައި ހިމެނޭ ތިން މީހުންނަކީ މިއަހަރުގެ ޖުލައި 24 ވަނަ ދުވަހުގެ ފަތިހު 5:10 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓަކުން ރާއްޖެ އައި ތިން މީހުންނެވެ.
އެ ތިން މީހުންނަކީ،
މޮލްވި މުޙައްމަދު ހާރޫން (49އ) ޕާކިސްތާން،
ޝާހިލް މުޙައްމަދު (40އ)، ވ. ސިނަމާލެ 4 3-03
އަޙްމަދު ޢައްފާނު (25އ)،ހދ. ކުމުންދޫ / ނަރުގިސްވިލާ،
މި މީހުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ފުލުހުން އެދިފައި ވަނީ މި ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ބަލައިގެންފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!