މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,870 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 338 ވަނަ ޞަފްޙާ

''ކޮފްސީ ސިރަޕް'' ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި

''ކޮފްސީ ސިރަޕް'' ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި

ކެއްސުމަށް ފަރުވާއެއްގެ ގޮތުގައި ދޭ ދިޔާ ބޭހެއް ކަމަށްވާ ”ކޮފްސީ ސިރަޕް”ގެ ރަށްކާތެރިކަން ކަށަވަރުކުރެވެންދެން ރާއްޖޭގައި ވަގުތީގޮތުން ބޭނުންކުރުން މަނާކުރުމަށްފަހު، އަލުން އެ ބޭސް އެތެރެކޮށް ވިއްކުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ދީފިއެވެ. އެމްއެފްޑީއޭ އިން މި ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދިޔަ ”ކޮފްސީ ސިރަޕް 100 އެމްއެލް”ގެ އޭރު ހުރި ބެޗްގައި ކުނޑިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިގެން ބޭހުގެ ރަ...

ޔުމްނާ ޢަލީ
އދ.ގެ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

އދ.ގެ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސް  ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން (ޔޫއެންޖީއޭ 79 ގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅު ނިންމާލެވުމަށްފަހު ރައީސް އެމެރިކާގެ ނިއުޔޯކުން ފުރައިވަޑައިގަތީ އިއްޔެއެވެ. ރައީސް މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އެއާޕޯޓުން މަރުޙަބާ ދެންނެވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ އާއި ސަރުކާރުގެ އިސްވެރިންނެވެ. ރައީސް...

ޔުމްނާ ޢަލީ
މުދާ އުފުލާ ދޯންޏެއްގައި ރޯވެއްޖެ

މުދާ އުފުލާ ދޯންޏެއްގައި ރޯވެއްޖެ

މުދާ އުފުލާ ދޯންޏެއްގައި ރޯވެގެން ހަރަކާތްތެރިވަމުން އަންނަކަމަށް މެރިން ޕޮލިހުން ބުނެފިއެވެ. މެރިން ޕޮލިހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 7:15 ހާއިރު ކަމަށެވެ. މި ދޯނީގައި އަލިފާން ރޯވި އިރު އޮތީ ދ.ކުޑަހުވަދޫ އާއި ނިޔާމަ ރިސޯޓާ ދެމެދުއެވެ. Dh. Kudahuvadhoo kairin dhathuru kuramun dhiya masboateh gai alifaanuge haadhisaa eh hin’gaifi. pic.twitter.com/ipcFdezJGO — Accidents in Maldives (@AccidentsMV) September 29, 2024 މި ހާދިސާ […]

ޔުމްނާ ޢަލީ
ރައީސް ނިއުޔޯކުން ފުރާވަޑައިގެންފި

ރައީސް ނިއުޔޯކުން ފުރާވަޑައިގެންފި

ރައީސް  ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން (ޔޫއެންޖީއޭ 79)ގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ ޤައުމުން ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި ޔޫއެންޖީއޭ 79 ގެ ޖެނެރަލް ޑިބޭޓް، ނުވަތަ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވާފައިވާއިރު، މީގެ އިތުރުން އދގެ ސަލާމަތީ މަޖިލީހުގައި ވެސް ތަޤުރީރު ކުރެއްވިއެވެ. އދ.ގެ ސަލާމަތީ މަޖިލީހުގައި ވެސް ތަޤުރީރަކީ މީގެ 59 އަހަރު ކުރިން، އދގ...

ޔުމްނާ ޢަލީ
ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު ނޮވެމްބަރަށް ފަސްކޮށްފި

ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު ނޮވެމްބަރަށް ފަސްކޮށްފި

ސަރުކާރުހިންގާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދާއިރާތަކުގެ އިންތިޚާބު އަންނަ ނޮވެމްބަރު މަހަށް ފަސްކޮށްފިއެވެ. އެޕާޓީން ކުރިން މި އިންތިޚާބު ބާއްވާގޮތަށް ނިންމާފައި އޮތީ މި ފެށޭ އޮކްޓޫބަރު މަހުގެ 19 ގައެވެ. ޕީއެންސީން އިއްޔެ ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބު ފަސްކޮށް، އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އެ އިންތިޚާބު ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ. މި އިންތިޚާބު ބާއްވާ ތާރީޚް ފަސްކުރުމާއެކު، […]

ޔުމްނާ ޢަލީ
ރައީސް ގޫގުލްގެ އޮފީހަށް ޒިޔާރަތްކުރަށްވައިފި

ރައީސް ގޫގުލްގެ އޮފީހަށް ޒިޔާރަތްކުރަށްވައިފި

ރައީސް  ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް އިއްޔެ ޒިޔާރަތްކުރައްވައިފިއެވެ. ރައީސް ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް ޒިޔާރަތްކުރެއްވީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް ގޫގުލް އޮފީހަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ގޫގުލް ޕަބްލިކް ސެކްޓަރގެ ސީ.އީ.އޯ، ކެރެން ދޭހަތް އެވެ. ރައީސް އޮފީހުން ބުނީ، ރައީސްގެ މި ޒިޔާރަތުގައި ގޫގުލް އޮފީސް ބައްލަވ...

ޔުމްނާ ޢަލީ
ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ރާއްޖޭގެ ވަފުދު ނުކުމެއްޖެ

ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ރާއްޖޭގެ ވަފުދު ނުކުމެއްޖެ

އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން އެތަނުގައި ތިބި ރާއްޖޭގެ ވަފުދު އެ ސެޝަން ދޫކޮށް އެތަނުން ނުކުމެއްޖެއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމެ މަޖިލީހުގައި ތަޤްރީރު ކުރަން ފެށުމުން އެހޯލުގައިތިބި ރާއްޖޭގެ ވަފްދު އެތަނުން ނުކުމެފައިވާ ކަމަށެވެ. ރާއްޖޭގެ ވަފުދު އެ މަލާމުން ނުކުތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒ...

ޔުމްނާ ޢަލީ
އިމާދުއްދީނުގެ ސްކައުޓުން އިސްނަގައިގެން ފެން އިސްރާފު ނުކުރުމަށް އިރުޝާދުދޭ ބޯޑު ހަރުކުރުމުގެ މަޝްރޫޢުއެއް

އިމާދުއްދީނުގެ ސްކައުޓުން އިސްނަގައިގެން ފެން އިސްރާފު ނުކުރުމަށް އިރުޝާދުދޭ ބޯޑު ހަރުކުރުމުގެ މަޝްރޫޢުއެއް

އިމާދުއްދީން ސްކޫލްގެ ސްކައުޓުން އިސްނަގައިގެން މާލޭގެ މިސްކިތްތަކުގެ ވުޟޫކުރާ ސަރަހައްދުތަކުގައި ފެން އިސްރާފު ނުކުރުމަށް އިރުޝާދުދޭ ބޯޑު ހަރުކުރުމުގެ މަޝްރޫޢުއެއް މިއަދު އިފްތިތާޙްކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ އިމާދުއްދީންގެ ސްކައުޓުން އެ މަސައްކަތް ކުރިއަށް ގެންދަނީ އެ ކައުންސިލާއި ގުޅިގެން ކަމަށެވެ. އިމާދުއްދީން ސްކޫލްގައި މިއަދު މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާހްކޮށްދެއްވީ، މޭޔަރު އާދަމް އާޒިމް އެވެ. މި ރަސްމިއްޔާތުގައި އިމާދުއްދީން ސްކޫލްގެ...

ޔުމްނާ ޢަލީ
ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުވުމަށް ހުޅުވާލައިފި

ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުވުމަށް ހުޅުވާލައިފި

ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުވުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އިން މިއަދު ހުޅުވާލައިފިއެވެ. ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރު ކޮށްދިނުމަށް ބީސީސީ އިން މި ވަނީ ވިޔަފާރިތައް ތަރައްގީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ނިންމައި ދަފްތަރުވުމަށް ހުޅު...

އިބްރާހިމް ޚަލީލް
އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައިފި

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައިފި

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ސަޚްސު އޮޅުވާލައިގެން ތިން ބިދޭސީއަކު ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވާ ކަމަށެވެ. މި މީހުންނަކީ ވެލާނާ އެއާޕޯޓުން ވައިގެ މަގުން ރާއްޖެ އައިސް އެތެރެވާން އުޅުނު ބަޔެކެވެ. އިމިގްރޭޝަނުން އެމީހުންގެ ވަނަވަރު ހާމައެއް ނުކުރެއެވެ. ނަމަވެސް އެމީހުން ހުއްޓުވި ދުވަހާއި އުމުރު ވަނީ ހާމަކޮށްފައެވެ. އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީން މީގެ ކުރިން ވެސް އިމިގްރޭޝަނުން ވަނީ އެކިފަހަރުމަތިނ...

ޔުމްނާ ޢަލީ
''ރާއްޖޭގެ ވާހަކައަކީ ކާމިޔާބުކަމާއެކު ތަރައްޤީވަމުންދާ ޤައުމެއްގެ ވާހަކަ''

''ރާއްޖޭގެ ވާހަކައަކީ ކާމިޔާބުކަމާއެކު ތަރައްޤީވަމުންދާ ޤައުމެއްގެ ވާހަކަ''

ރާއްޖޭގެ ވާހަކައަކީ، ކާމިޔާބުކަމާއެކު ތަރައްޤީވަމުންދާ ޤައުމެއްގެ ވާހަކަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕްރިންސްޓަން ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް ޕޮލިސީގެ “ޑީންސް ލީޑަރޝިޕް ސީރީސް”ގައި ދެއްވި ތަޤުރީރުގައެވެ. އެމެރިކާގެ ނިއުޖާރސީީގައި ހުންނަ ޕްރިންސްޓަ...

ޔުމްނާ ޢަލީ
މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރަން ހާއްސަ އޮޕަރޭޝަނެއް

މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރަން ހާއްސަ އޮޕަރޭޝަނެއް

މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނަކީ، މާލޭގެ މަގު ތަކަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް އެ މުއައްސަސާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ. މާލެ ޕޮލިސް ކޮމާންޑުން ފެށި މި ހާއްސަ އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ރައީސް ޑރ. މުޙައްމަދު ނިންމެވުންތައް، އިތުރަށް ހަރުދަނާކަމާއެކު ތަންފީޒުކޮށް، މާލޭގެ މަގުތައް އަމާން އަދި ރައްކާތެރި ތަނަކަށް ހެ...

ޔުމްނާ ޢަލީ
ވޭޕް ބޭން ކުރަން ނަރުހުންގެ ޖަމިއްޔާއިން ވެސް ގޮވާލައިފި

ވޭޕް ބޭން ކުރަން ނަރުހުންގެ ޖަމިއްޔާއިން ވެސް ގޮވާލައިފި

ދުންފަތާއި އީ-ސިނގިރޭޓާއި ވޭޕް ރާއްޖެއިން ބޭން ކުރުމަށް ޑޮކްޓަރުންގެ ޖަމިއްޔާއިން އިއްޔެ ގޮވާލާފައި ވަނިކޮށް، އެތަކެތި ރާއްޖެ އެތެރެ ކުރުން ހުއްޓާލުމަށް ނަރުހުންގެ ޖަމިއްޔާއިން މިއަދު ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިއަދު އާންމުކުރި ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ވެސް މިހާރު އާންމުވަމުންދާ އަދި ފުރާވަރު އުމުރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު ވަމުން އަންނަ، ދުންފަތާއި ދުންފަތުގެ އަރައެއް ކަމުގައިވާ ނިކޮޓިން ބޭނުން ކުރުމަށް ގެންގުޅޭ އާލާތެއް ކަމަށްވާ އީ-ސިނގިރޭޓްގ...

އިބްރާހިމް ޚަލީލް
ޖިހާދުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

ޖިހާދުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައި ކޯޓުން ވެސް ބޭރުކޮށްލައިފި އެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޖިހާދުގެ މައ...

ހުސައިން ހަބީބް
ޝިޔާމްގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން ފަސްކޮށްފި

ޝިޔާމްގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން ފަސްކޮށްފި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން އަނެއްކާވެސް ފަސްކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާ ކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ވިލިމާލޭގައި ހުންނަ ސިފައިންގެ އިމާރާތެއްގައި އޭނާގެ ބައްޕަ އިބްރާހިމް ޝާކިރު ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކު ވެސް ބެހެއްޓި ކަމަށް […]

ހުސައިން ހަބީބް