މުދާ އުފުލާ ދޯންޏެއްގައި ރޯވެގެން ހަރަކާތްތެރިވަމުން އަންނަކަމަށް މެރިން ޕޮލިހުން ބުނެފިއެވެ.
މެރިން ޕޮލިހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 7:15 ހާއިރު ކަމަށެވެ.
މި ދޯނީގައި އަލިފާން ރޯވި އިރު އޮތީ ދ.ކުޑަހުވަދޫ އާއި ނިޔާމަ ރިސޯޓާ ދެމެދުއެވެ.
Dh. Kudahuvadhoo kairin dhathuru kuramun dhiya masboateh gai alifaanuge haadhisaa eh hin'gaifi. pic.twitter.com/ipcFdezJGO
— Accidents in Maldives (@AccidentsMV) September 29, 2024
މި ހާދިސާ ހިނގައިގެން މެރިން ޕޮލިހުންނާއި، ކުޑަހުވަދޫގައި ތިބޭ ޕޮލިހުންނާއި އަދި ނޭސަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް މެރިން ފުލުހުން ބުންޏެވެ.
މި ދޯނީގައި ރޯވި އަލިފާން ނިއްވާލުމުގައި ސިފައިން ވެސް ބައިވެރިވެފައިވާއިރު، މެންދު 13:30 ހަމަ އަށް މި ދޯނީގައި ރޯވި އަލިފާން އަދި ނިއްވާލެވިފައިވާނުވާ ކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!