"ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދަމަހައްޓަން ދިވެހި ގޮތްތައް ދެމެހެއްޓުން މުހިންމު"
ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދަމަހައްޓަން ސުލްހަވެރިކަމާއި ދިވެހި ގޮތްތައް ދެމެހެއްޓުން މުހިންމުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދަކީ ރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދުގެ މުނާސަބަތުގައި، “އެކްސް” ހިއްސާކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ، ފަތުރުވެރިކަމުގެ ބިންގަލަކީ، މިތުރުވެރިކަމާއި، އެކުވެރިކަމާއި، ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަން ކަމުގައި ވިދާޅުވެފައެވެ. ހަމައެހެންމެ، ރާއްޖޭގެ...