މާލޭގެ އުސްފަސްގަނޑާއި ދިމާ މޫދުގައި އިއްޔެ ނިޔާވެފައި އޮއްވައި ފެނުނު އިބްރާހީމް ޖައުހަރީ (ޖޯރޭ) ބްރިޖް ކައިރިން މޫދަށް މަސްބާނަން ފޭބިކަން އެނގިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އިއްޔެ 15:04 ހާއިރު ޖައުހަރީ ބްރިޖުކައިރިން މޫދަށް މަސްބާނަން ފޭބިކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

Ad
rt

އުސްފަސްގަނޑާ ދިމާއިން މޫދުގައި ޖައުހަރީ އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ ހަވީރު 5:06 ހާއިރު އެވެ. ޖައުހަރީ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ޖައުހަރީ މަސްބާނަން މޫދަށް ފޭބިކަން ފުލުުހުންނަށް ދެނެގަނެވިފައިވާއިރު، އޭނާ އެ ސަރަހައްދުގައި މަސްބާނަން އުޅެނިކޮށް ބައެއް މީހުންނަށް ފެނިފައިވެއެވެ.

ޖައުހަރީއަކީ ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވި އެމްޑީޕީގެ ހަރަކާތްތަކުގެ ކުރީ ސަފުން ކުރިން ފެނުނު މީހެކެވެ. އޭނާ ވަނީ ފަހުން ވަނީ ދަ ޑިމޮކްރަޓިކްސް އަށް ބަދަލުވެފައެވެ.

ޖައުހަރީ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ފޮޓޯ ގްރާފަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.