ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އިންޑިއާ ސަރުކާރާއި ހަވާލާ...
ޔުމްނާ ޢަލީ
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު […]
ޙުސައިން ޝަހުދީ
އެއް ހަފުތާގެ ޗުއްޓީއަށްފަހު ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފަށައިފިއެވެ. ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ސްކޫލްތައް ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނެރެފައިވާ އެކަޑަމިކް ކަލަންޑަރުގައިވާގޮތުން މި ފެށުނު ދެވަނަ ޓާމްގެ މިޑްޓާމް ޗުއްޓީ ދުވަސްވަރަކީ 22 ޑިސެމްބަރު 2024 އިން 2 ޖެނުއަރީ 2025 އަށެވެ. މިއަދު ފެށުނު ދެވަނަ ޓާމްގެ ކިޔެވުން ނިމި މި ދިރާސީ އަހަރު ނިމޭނީ އަންނަ އަހަރުގެ […]
ޔުމްނާ ޢަލީ
ދޮށީ އުމުރު މީހުން އަތުން ފޭރުން އިތުރުވެފައިވާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމުން ފުލުހުން މިއަދު ބުނީ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ފާހަގަކުރެވިފަވާ ކަމަށެވެ. މިފަދަ ޢަމަލުތައް ހިންގާ މީހުން، އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަ...
ޔުމްނާ ޢަލީ
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގެންގުޅުއްވާ އަމާޒަށް މިއަހަރުގެ ނޮވެމްބަރު މަހުގެ މެދަކާއި ހަމައަށް ދާއިރު ވާސިލްވެވި، 75،000 މެންބަރުން އެ ޕާޓީއަށް ހަމަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ. ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ކުރިއަށްގެންދާ ބޮޑު ހަރަކާތުގެ ތެރެއިން މިއަދު ހުޅުމާލޭގައި ކުރިއަށ...
ޔުމްނާ ޢަލީ
މިއަދު ދިވެހި މުސްލިމު މުޖުތަމަޢަށް އެންމެ ބޭނުންޖެހިފައިވާ ކަމަކީ، މި ޤައުމުން ރޫޙާނީ ހުސްކަން ނައްތައިލުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދުގެ ޒުވާނުންގެ ޖީލަކީ ޖެންޒީގެ ވިސްނުންތައް ކަމަށާއި، މި ޖީލުގެ ތަޖުރިބާތައް އޭގެ ކުރީގެ ޖީލުތަކާ އިންތިހާޔަށް ތަފާތު ކަމަށެވެ. އަދި އަދުގެ ޖީލު ވިސްނާގޮތާއި، ފިކުރުކުރާ...
ޔުމްނާ ޢަލީ
ދޮގުހެދުމާއި ދޮގު ޚަބަރުފެތުރުމަކީ އަދުގެ ދިވެހި މުޖުތަމަޢުގައި މޫލައިފައި އޮތް ބޮޑު ހަލާކެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މި އަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި ދިވެހި ޤައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީންކަމުގައި އެމަނިކުފާނު ދެންނަވާފައިވާކަން ފާހަގަކުރަށްވަމުން ވިދާޅުވީ، އިސްލާމްދީނުގެ ޖައުހަރަކީ ކީރިތި ޤުރްއާން...
ޔުމްނާ ޢަލީ
ޤުރުއާން ހިތުދަސްކުރި 28 ޙާފިޡަކަށް މެޑައްޔާއި ހަނދާނީ ލިޔުމާއި އަދި އިނާމު މިއަދު ދީފިއެވެ. މިއަދު އިނާމާއި، މެޑެއްޔާއި ހަނދާނީ ލިޔުން ދިން ހާފިޡުންނަކީ 1 އޮކްޓޯބަރ 2022 ން 1 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ޤުރުއާން ހިތުދަސްކޮށްގެން ސަނަދު ހާސިލްކޮށްފައިވާ ހާފިޡުނެވެ. މި ހާފިޡުންނަށް އިނާމާއި، މެޑެއްޔާއި ހަނދާނީ ލިޔުން ދެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މީގެ ތެރޭގައި ބޮޑުތިލަދުންމައްޗަށް […]
ޔުމްނާ ޢަލީ
މާލޭގެ ފިހާރައެއްގެ ތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނީ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ރޭ މާލޭގެ ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގެ ތެރޭގައި ކަމަށެވެ. މިކަން ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 22:01 ހާއިރުއެވެ. މި ހަމަލާ އަމާޒު ވެފައި ވަނީ ދިވެހި ފިރިހެކަށެވެ. އެމީހާ ޒަޚަމްކޮށްލުމުން އެވަގުތު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ. އެމީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުޢިއްޒު އަންނަ އާދީއްތަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ. މި އޮކްޓޫބަރުމަހުގެ 6 ން 10 ށް ރައީސް އިންޑިއާއަށް ކުރަށްވާ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި، ބޮޑު ވަޒީރާއި، އަދި އެ ޤައުމު އިސް މަސްއޫލުވެރީންނާއި ބައްދަލު ކުރަށްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ބައްދަލުކުރެއްވުންތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް...
ޔުމްނާ ޢަލީ
މަރާމާތަށްފަހު މާލޭގެ އާސަހަރާ މިސްކިތާއި ހިނަވާގެ ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މިކަމަށް އޮތް ރަސްމިއްޔާތު ފެށުނީ މިއަދު ހެނދުނު 11:30 ހާއިރު އެވެ. މި ރަސްމިއްޔާތުގައި މާލޭގެ އާސަހަރާ މިސްކިތާއި ހިނަވާގެ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި މާލޭގެ މޭޔަރު އާދަމް އާޒިމް އެވެ. މާލޭގެ އާސަހަރާ އިތުރަށް ތަރައްގީ ކުރުމަށް ބަންދުކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަސައްކަތުގެ ދަށުން އާސަހަރާ 3200 އަކަފޫޓަށް ބޮޑުކުރަން ވަނީ ނިންމާފައެވެ. […]
ޔުމްނާ ޢަލީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ އެފްއެމްއޭމް ޚިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައި ހިމެނޭ ހުޅުމާލޭ އަމިން އެވެނިއުގައި ހުންނަ ދެ ޕެންޓަހައުސް ފުލުހުންނާއި ހަވާލުކުރުމަށް 28 ސެޕްޓެމްބަރު 2024 ގައި ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. މި ދެ ތަން ފުލުހުންނާއި ހަވާލުކުރަން އަމ...
ޔުމްނާ ޢަލީ
ރައްޔިތުން ބޭނުމެއްޖެހިގެން ފުލުހުން ގާތަށް އައިސްފިނަމަ އެ ރައްޔިތަކު މާޔޫސްކޮށްނުލުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ. ސީޕީ ޝުޖާއު އިއްޔެ ވަނީ ހއ. އަތޮޅުގެ އެގާރަ ރަށަކަށް ކުރަށްވާ ރަސްމީ ދަތުރެއް ފައްޓަވާފައެވެ. މި ދަތުރުގެ ތެރެއިން ސީޕީ އިއްޔެ ވަނީ ދިއްދޫ، ކެލާ އަދި އުތީމަށް ޒިޔާރަތްކުރައްވައިފައެވެ. މި ޒިޔާރަތުގައި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އަދި އެރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރެއްވިއެވެ. މި ދަތުރުގައި އެރަށް...
ޔުމްނާ ޢަލީ
މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ. ސްޓެލްކޯ އިން މިއަދު ބުނީ މާލޭގެ މީޑިއަމް ވޮލްޓޭޖް ޑިސްޓްރިބިއުޝަން ގްރިޑް ނެޓްވޯކްގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް މާދަމާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން މާދަމާ ހެނދުނު މާލޭގެ މާފަންނު، މައްޗަންގޯޅި އަދި ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ވަގުތުކޮޅަކަށް ކަރަންޓް ކެނޑިދާނެ ކަމަށް އެ...
ޔުމްނާ ޢަލީ
ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޢަބްދުލްމަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ޢަބްދުލްމަޖީދު މާހިރަކީ ދިވެހިރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން، ޤަދަރުވެރި، ޚިދުމަތްތެރި، ޝަޚްޞިއްޔަތެކެވެ. މަރްޙޫމު މާހިރަކީ ދިވެހި ބޭސްވެރި ޙަކީމެއްގެ އިތުރުން ދިވެހި ތާރީޚާއި އާދަކާދައިގެ އެތައް މަޢުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވ...
ޔުމްނާ ޢަލީ