ހަތް ވަނަ އިނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަދު ފަށައިފިއެވެ.
މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ މި ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
"އެޑިއުކޭޓް، އެމްޕަވަރ، އެލެވޭޓް؛ އިކުއިޓަބަލް އެޑިއުކޭޝަން ފޮރ ޓުވެންޓީ ފަސްޓް ސެންޗަރީ އެޑިއުކޭޝަން އެކްސަލަންސް" މި ޝިޢާރުގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސްގައި މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކުން އުނގަންނައިދޭ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ކަމާ ގުޅުންހުރި ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
މި އަހަރުގެ ކޮންފަރެންސްގައި 250 ފަރާތަކުން ބައިވެރިވެއެވެ. މި ކޮންފަރެންސްގައި 60 ދިރާސާ ކަރުދާހާއި 4 ކޭސް ސްޓަޑީ ހުށަހެޅުމުގެ އިތުރުން 2 ކީނޯޓް ސްޕީޗާއި 2 ޕެނަލް ޑިސްކަޝަން ކުރިއަށްދާނެ ކަމަށް ތައުލީމާބެހޭ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.
މި ކޮންފަރެންސްއަކީ ތަޢުލީމީ ދާއިރާގެ ތަފާތު ފަންނުވެރިން އެއްތަނަކަށް އެއްވެ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ މުހިންމު ބައްދަލުވުމެކެވެ. މީގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.
މިއީ ކޮންމެ ދެ އަހަރުން އެއް އަހަރު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސްއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!