މަރާމާތަށްފަހު މާލޭގެ އާސަހަރާ މިސްކިތާއި ހިނަވާގެ ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
މިކަމަށް އޮތް ރަސްމިއްޔާތު ފެށުނީ މިއަދު ހެނދުނު 11:30 ހާއިރު އެވެ.
މި ރަސްމިއްޔާތުގައި މާލޭގެ އާސަހަރާ މިސްކިތާއި ހިނަވާގެ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި މާލޭގެ މޭޔަރު އާދަމް އާޒިމް އެވެ.
މާލޭގެ އާސަހަރާ އިތުރަށް ތަރައްގީ ކުރުމަށް ބަންދުކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
މި މަސައްކަތުގެ ދަށުން އާސަހަރާ 3200 އަކަފޫޓަށް ބޮޑުކުރަން ވަނީ ނިންމާފައެވެ. އަދި މި މަޝްރޫއަށް 11.6 މިލިއަން ރުފިޔާ ހޭދަވެފައި ވާކަމަށް މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ.
އާސަހަރާ މިސްކިތުގެ ހިނަވާގެ ހުޅުވިގެން ދިޔުމުން މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާތައް ބޭއްވުމަށް ހުޅުމާލެއަށް މިހާރު ދާން ޖެހުމުގެ ސަބަބުން، ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫތަކަށް، ނިމުމެއް އަންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!