ޚާރިޖީ ސިޔާސަތު ކުރިއަށް ދާނީ ދައްކާ ވާހަކައާއި އެއްގޮތަށް: ރައީސް
މަސައްކަތްކުރާގޮތް ފެންނާނެކަމަށާއި، ޚާރިޖީ ސިޔާސަތު ކުރިއަށް ދާނީ ދައްކާ ވާހަކައާއި އެއްގޮތަށްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ރޭ ބޭއްވެވި ބައްދަލުކޮށްލެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާާާ އާއި ރާއްޖެއާއި ދެ ޤައުމުގެ ގުޅުން ވަރުގަދަކޮށް އޮވެ، މި ސަރަހައްދު...