ޤުރުއާން ހިތުދަސްކުރި 28 ޙާފިޡަކަށް މެޑައްޔާއި ހަނދާނީ ލިޔުމާއި އަދި އިނާމު މިއަދު ދީފިއެވެ.
މިއަދު އިނާމާއި، މެޑެއްޔާއި ހަނދާނީ ލިޔުން ދިން ހާފިޡުންނަކީ 1 އޮކްޓޯބަރ 2022 ން 1 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ޤުރުއާން ހިތުދަސްކޮށްގެން ސަނަދު ހާސިލްކޮށްފައިވާ ހާފިޡުނެވެ.
މި ހާފިޡުންނަށް އިނާމާއި، މެޑެއްޔާއި ހަނދާނީ ލިޔުން ދެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މީގެ ތެރޭގައި ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ދެ ހާފިޡުން ހިމެނެއެވެ.
އެއީ،
- އަލްޙާފިޡާ ފާޠިމަތު ޢިޝާ، ނިޒާމް، ށ. މިލަންދޫ
- އަލްޙާފިޡާ ސަޢުދިއްޔާ މޫސާ، މީނާޒް، ށ. ބިލެތްފަހި
އަލްޙާފިޡާ ސަޢުދިއްޔާ މޫސާ، މީނާޒް، ށ. ބިލެތްފަހި
ށ. މިލަންދޫއަށް ނިސްބަތްވާ އަލްޙާފިޡާ ފާޠިމަތު ޢިޝާ އަށް ރައީސް މެޑެލް ހަވާލުކޮށްދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
މިއަދު ޙާފިޡުކަމުގެ މެޑަލް ލިބުނު އިތުރު ހާފިޒުން
- އަލްޙާފިޡާ ފާޠިމަތުދީދީ، ޝެވިލް، ސ. ހިތަދޫ
- އަލްޙާފިޡާ ޖަމީލާ ޢަލީދީދީ، ދޫޑިގަން، މައްސާގުގެ، ޏ. ފުވައްމުލައް
- އަލްޙާފިޡާ ޙަކީމަތު މުޙައްމަދު، ފުނާޑު. ހީނާގެ، ޏ. ފުވައްމުލައް
- އަލްޙާފިޡާ އާމިނަތު ލަޠީފާ، ތިބްރޯޒްގެ، ސ. ހިތަދޫ
- އަލްޙާފިޡް މޫސާ އަޝްހަލް އަޝްރަފް، ހ. އީސްޓްލައިޓް
- އަލްޙާފިޡާ ފާޠިމަތު އަޙްމަދު، ދަޑިމަގު. ގުލްދަސްތާގެ، ޏ. ފުވައްމުލައް
- އަލްޙާފިޡް ޢަބްދުﷲ ރަޝީދު، އަލުއިމާގެ، ސ. ހިތަދޫ
- އަލްޙާފިޡް ޢަބްދުﷲ ބިން ޔާމީން، މޫންލައިޓްހިޔާ، ސ. މަރަދޫ
- އަލްޙާފިޡާ ސަޚިއްޔާ ޢަބްދުލްޣަނީ، ކުރިބޯށި، ރ. މީދޫ
- އަލްޙާފިޡާ ޔުމްނާ ޢަބްދުލްޢަޒީޒު، ފެހިގެ، ދ. މީދޫ
- އަލްޙާފިޡް މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު، ޖަވާހިރުމާގެ، ރ. ފައިނު
- އަލްޙާފިޡް ރާހިން ބިން މުޙައްމަދު، މާތޮޑާއަވަށް. ޖަގަހަ، ގދ. ފަރެސްމާތޮޑާ
- އަލްޙާފިޡް އިޒްކާން ޢަޖީބް ޙުސައިން، ގ. ފަރެސް
- އަލްޙާފިޡް މުޙައްމަދު ޙަނޫން ޙުސައިން، ފަރުބަދަ، ސ. ފޭދޫ
- އަލްޙާފިޡް ޢަލީ ރައީފު، ދޮންމޫނިމާ، އއ. ތޮއްޑޫ
- އަލްޙާފިޡާ ފާޠިމަތު ނަޞީރާ، ނިކަގަސްދޮށުގެ. ސ. ހިތަދޫ
- އަލްޙާފިޡް އަޛީން މުޙައްމަދު، ދަޑިމަގު. ބެންހާގެ، ޏ. ފުވައްމުލައް
- އަލްޙާފިޡް ރަސްލާން ޢަބްދުއްރައްޒާޤް ޢީސާ، ޢަންބަރީގެ، ރ. މީދޫ
- އަލްޙާފިޡާ ޝަބީނާ ޢަބްދުﷲ، އަސްވާޑު، ގއ. ދެއްވަދޫ
- އަލްޙާފިޡާ މޫނިސާ ޢަބްދުއްރަޙީމް، ކިނާރާ، ނ. ލަންދޫ
- އަލްޙާފިޡް އާސިރު ޢާރިފް ޔޫސުފް، އަޅިވިލާގެ، ބ. އޭދަފުށި
- އަލްޙާފިޡް ޢަލާވީ އައްޔޫބް ބުން މުޙައްމަދު ޝުޖާޢު، މއ. ރަތްއެންދެރި
- އަލްޙާފިޡް ޢަބްދުﷲ ޙަޔާން ޙަމީޒް، ގުރަހަ، ޅ. ނައިފަރު
- އަލްޙާފިޡް ރައްޔާން އަޙްމަދު މުޙައްމަދު، ދަޑިމަގު. ދޫރެސް، ޏ. ފުވައްމުލައް
- އަލްޙާފިޡާ ޢާއިޝަތު ޞާއިބަތު މުޙައްމަދު ރިކްޒާން، ފެމެލީ، ޅ. ނައިފަރު
- އަލްޙާފިޡް ބިލާލް ބިން އަޙްމަދު، ގ. ހީނާހިޔާ
މި ހާފިޡުންނަށް ރައީސް ޑރ. މުޢިއްޒު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!