ވައިގަދަވެ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑުބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހިސާބަށެވެ. އެލާޓުގެ ވަގުތެއްގެ ގޮތުގައި އެ އިދާރާއިން ބުނީ މިރޭ 21:30 އިން ދަންވަރު 01:30 ގެ ނިޔަލަށެވެ.
އެ އިދާރާއިން ބުނީ ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ބައިގަދަވެ ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށެވެ.
މުޅި ރާއްޖެއަށް ވެސް މިދުވަސްކޮޅު މޫސުން ގޯހެވެ. މޫސުމާއި ބެހޭ އިދާރާއިން ބުނީ މޫސުން ރަނގަޅުވާން ފަށާނީ އަންނަ ހަފްތާ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!