''އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަޅާލުން ވަގުތު ފާއިތުނުވަނީސް ދިނުން''
ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަޅާލުން ވަގުތު ފާއިތުނުވަނީސް ދިނުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެންވިދާޅުވީ، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް “ހަފުތާ 52- ރައްޔިތުންނާއެކު ކުރިއަށް” ނަމުގައި ރޭ ބޭއްވި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުން ބޭނުންވާ ނަތީޖާތައް ނެރުމަށް ދަތިތަކެއް ހުރިކަމުގައިވިޔަސް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ގިނަ ކަންތައްތަކެއ...