ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ބެންގަލޫރުގެ އާރްޓީ ނަގަރުގައި ހުރި ހޮޓަލެއްގެ ކޮޓަރިއެއްގައި ނިޔާވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނިޔާވެފައި އޮތް ދިވެއްސެއް ފެނުނީ މިދިޔަ ބުދަ ދުވަހުއެވެ. އެމީހާ އަކީ އުމުރުން 43 އަހަރުގެ ހަސަން ސުހައިލް ކިޔާ މީހެއްކަމަށް ނޫސްތަކުން ބުނެފަވެއެވެ. ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވާ ގޮތުގައި އޭނާ ބުދަ ދުވަހު ކޮޓަރިން ބޭރަށް ނުނިކުމެ، ކާއެއްޗެހި އޯޑަރު ނުކުރުމުން، ހޮޓަލުގެ މުވައްޒަފުން އޭނާއާ ގުޅަން މަސައްކަތް ކުރިއެވެ. އަދި އޭނާ ޖަވާބު […]