ލަމްހާ ދޫކޮށްލި މައްސަލަ ހައި ކޯޓުން ބަލައިނުގަތް
އައިޖީއެމްއެޗްގައި މަސައްކަތްކުރި ބިދޭސީ ނަރުހަކު ލޯބީގެ މައްސަލައެއްގައި މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުވާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ. އޮކްޓޫބަރު 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދެ މީހުންނަށް ތުހުމަތު ކުރަނީ އެ މީހުން ލޯބީގެ...