ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެދަށަށް
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ހިންގަމުންދާ ތަޙްޤީޤުގެ ތެރެއިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން މިއަދު ބުނެފައިވަނީ، މި ތަޙްޤީޤާ ގުޅިގެން ފަޒުލް ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި މި ތަޙްޤީޤަށް ބޭނުންވާ ބައެއް ތަކެތި، އޭގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނު ހިމެނޭ ގޮތަށް، […]