ފެނަކަ ކޯޕަރޭޝަން (ފެނަކަ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު މިއަދު އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ބުނީ، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

Ad
rt

މައުލޫމާތު ލިބިފައިވާގޮތުގައި ނަޖާހު އެންމެ ފަހުން ހުންނެވީ، ހެޕީ މާކެޓުގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުއާޒު މުޙައްމަދު ރަޝީދު އިސްތިއުފާދެއްވީ މިއަދުއެވެ.

ފެނަކައިގެ އެމްޑީ މުއާޒް އިސްތިއުފާދެއްވައިފި

މީގެ އިތުރުން ޕީބީސީން މިއަދު ވަނީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑުގެ ޗެއާޕަސަން ކަމަށާއި، މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބޭފުޅުން އައްޔަނުކޮށްފައެވެ.

ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއަރޕަރސަން ކަމުގެ މަޤާމަށް މ.ހަނީކޯމްބް، އަލްފާޟިލާ އާމިނަތު ނަމްޒާ ވަނީ ހަމަޖައްސާފައެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް ލ.އިސްދޫ، އަލްފާޟިލް އިބްރާހީމް ނަސްރީން އެވެ.