ބައެއް ވުޒާރާތަކުގެ ނަންތަކަށާއި، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައި، ބައެއް ވުޒާރާތަކުގެ ނަން ބަދަލުކުރައްވައިފިއެވެ. މި ބަދަލުތައް ގެންނަވައި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ބާއްވާފައެވެ. ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާއި ވުޒާރާތަކުގެ ނަންތަކަށް ގެންނެވި ބަދަލުތައް 1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ކަމަށް، ތ ބުރުނި، ނިވައިދޮށުގެ މޫސާ...