ހިޔާ ފްލެޓްގެ އެޕާޓްމަންޓަކުން މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ މީހުންނަކީ:
- އިބްރާހީމް ޝަރީފް (40އ)، ގ. ސެމިޓޯން،
- ޢަބްދުﷲ ޙަސަން (41އ)، ގދ. ކޮލަމާފުށި/ އޯޝަންބްލޫ
- ޙުސައިން ރިޔާޒު (33އ)، ހދ. ނޭކުރެންދޫ/ އިރުދޭމާގެ
- ޢަބްދުﷲ ޖަމީލު (32އ)، ގއ. ދާންދޫ/ ވަލުތެރޭގެ
މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިޔާ ފްލެޓްގެ H9-20-11 އެޕާޓްމަންޓުންނެވެ.
އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!