ބޮންޑެޑް ވެއާހައުސްގައި ހުރި މުދަލަށް ޑިއުޓީ ދައްކަން އަންގައި ތަހްގީގު ފަށައިފި
ރާއްޖެ އެތެރެކޮށް މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓުތަކެއް ގެއްލުނުކަމަށް ބުނާ މައްސަލާގައި، އެ ބޮންޑެޑް ވެއާހައުސްގައި ހުރި މުދަލަށް ޑިއުޓީ ދެއްކުމަށް އަންގައި، މިކަމާ ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ. ”ބޮންޑެޑް ވެއާހައުސް އެއްގައި ހުރި 34،000 އެއްހާ ސިނގިރޭޓު ކާޓޫނު ގެއްލިއްޖެ” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް އެކްސްގައި ހިއްސާކުރަށްވަމުން ވަޒީރު އިހްސާން ވ...