ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓު ދޮގުކޮށްފި
ވޮޝިންގްޓަން ޕޯސްޓުން ޝާއިޢުކުރި ރިޕޯޓެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް އިންޑިއާގެ ޖާސޫސީ އިދާރާގެ ރޯގެ އެހީތެރިކަމާއެކު ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބޮޑު ރޭވުމެއް ރޭވިކަމަށް ބުނެފައިވާ ވާހަކަ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ދޮގުކުރައްވައިފިއެވެ. ޚާރިޖީ ވަޒީރު ޚަލީލް، މި ރިޕޯޓު ދޮގުކުރަށްވާފައި ވަނީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ވިއޯން ނޫހަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. ވޮޝިންގްޓަން ޕޯސްޓުން 30 ޑިސެމްބަރު 2023 ގައި ޝާއިޢުކުރި...