ފަޅުރަށަކަށް ދަތުރު ދިޔަ ބައެއް ހާލުގައި ޖެހުމުން އެހީތެރިވެއްޖެ
ފުލުހުން ބުނާ ގޮތުގައި، 2025 ޖަނަވަރީ 01 ވަނަ ދުވަހު ފ. ދިގުވަރަށް ދަތުރު ގޮސް އުޅުނު ބަޔަކު ހާލުގައި ޖެހިފައި ތިބިކަމުގެ މަޢުލޫމާތު ފ. ފީއަލީ ޕޮލިސް ޕޯސްޓަށް ލިބުމާ ގުޅިގެން، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފުލުހުންނާއި، ފ. ފީއަލީ ކައުންސިލާއި، އެމްޓީސީސީ ފެރީގެ މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު، ހާލުގައި ޖެހުނު ފަރާތްތައް ފ. ފީއަލިއަށް ގެނެސްދީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ދަތުރުގެ ބައިވެރިންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ....