ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު، ދިވެހި ރާއްޖޭގެ ޤައުމީ ދާރުލް އާސާރާއި ހުވަދޫ ސަރަހައްދީ ދާރުލް އާސާރާއި ހއ. އުތީމު ގަނޑުވަރު އާންމުނަށް ހުޅުވިފައި ހުންނާނެ ވަގުތުތަކަށް އާންމުކޮށްފިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރާއި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ހުޅުވަފައި ހުންނާނީ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އަކުން މެންދުރު 13:00 އަށެވެ. އަދި ޓިކެޓް ވިއްކަން ހަމަ ޖެހިފައި ވަނީ ހެނދުނު 09:15 އިން […]
އައިޝަތު އައިނީ އާމިރު
ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރަކުން މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ / މިނާ، އިބްރާހީމް ޝާއިން ސަޢީދު (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެބުރުވަރީ 27 ވަނަ ދުވަހުގެ ރޭ، ހިޔާ ޓަވަރު 3 ގެ 24 ވަނަ ފަންގިފިލާއިންނެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި، އިބްރާހީމް ޝާއިން ސަޢީދުގެ އަމަލުތައް ހުރިގޮތުން ގާނޫނާއި ގަވާއިދާ […]
ޔުމްނާ ޢަލީ
ރާއްޖެއަށް ކިލޯއެއްގެ ޑްރަގް އެތެރެކުރި މީހަކު 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ޖުލައި، 2023 ގައި ވައިގެމަގުން ރާއްޖެއަށް ޑްރަގް އެތެރެކުރި އަހުމަދު ވިސާމް ނަމަކަށް ކިޔާ މީހަކު ގެނައި ކަރުދާސް ފޮށިގަނޑެއް ބަލައި ފާސްކުރިއިރު އެ ފޮށިގަނޑުގައި އޮތް ފުޅިއެއްގެ ތެރެއިން 480.8 ގްރާމުގެ ކެނެބިސް އާއި އިތުރު ފުޅިއެއްގެ ތެރެއިން 481.9 ގްރާމު ކެނެބިސް ފެނިފައިވެ އެވެ. ޑްރަގް އެތެރެކުރުމުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ […]
ހުސައިން ހަބީބް
މިއަދު ހެނދުނު އއ. މަހިބަދޫ އާއި އއ. ދިގުރަށާ ދެމެދު “ހުވަން” ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ގުޅުއްވައި ތަޢުރީފް ކުރަށްވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ދެއްވިގޮތުގައި، ދިގުރަށުން މާލެއަށް ދަތުރުކުރަމުންދިޔަ މި އުޅަނދުގައި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ދަތުރު ކުރިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:5...
ޔުމްނާ ޢަލީ
ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ގޮސް ދިޔަވަމުން ދިޔަ ލޯންޗެއް ސިފައިންގެ މަސައްކަތުން ސަލާމަތްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ، “ސުވެނިއަރ 34” ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ އެ އިދާރާއަށް މައުލޫމާތު ލިބުމުން އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މި ހާދިސާ ހިނގިއިރު ލޯންޗް އޮތީ ތިލަފުށްޓާ ދިމާ ބޭރުގައެވެ. މި ލޯންޗަށް އެމްއެންޑީއެފްގެ މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެ އުޅަނދުގައި 38 މީހުން ދިޔައީ ދަތުރު ކުރަމުންނ...
ޔުމްނާ ޢަލީ
އދ. ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު ހެނދުނު 07:57 ހާއިރު، ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ “ހުވަން” ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނު ކަމަށެވެ. އެއިރު އެ ލޯންޗުގައި 45 ފަސިންޖަރުންނާއި، ތިން ކްރޫންނާއެކު ޖުމްލަ 48 މީހަކު ދަތުރުކުރަމުން ދިޔަކަމަށް ފުލުހުން ބުންޏެވެ. މި މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުންގެ އިމަރޖެންސީ ރެސްޕޮންސް ޓީމު ވަގުތުން […]
ޔުމްނާ ޢަލީ
މާލެ އަށް ކުރި ގަދަ ވިއްސާރާގައި ފެންބޮޑުވެ ދަތިތައް ކުރިމަތިވުމުން މާލެ ސަރަހައްދުގެ ސަރުކާރުގެ މައި ތިން ހޮސްޕިޓަލެއްގެ އައުޓް ޕޭޝަންޓުގެ ހިދުމަތް ނުވަތަ އޯޕީޑީ މިއަދަށް ބަންދުކޮށްފި އެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދާރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ މިއަދު އެ ހޮސްޕިޓަލާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އަދި ވިލިމާލޭ ހޮސްޕިޓަލްގެ އޯޕީޑީ ބަންދުވާނެކަމަށެވެ.. މިގޮތަށް ނިންމީ މާލެ އަށް މެދުނުކެނޑި ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ، އެކަމުގެ […]
ޔުމްނާ ޢަލީ
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ ފަތިހު 5:30 އިން ފެށިގެން ހެނދުނު 9:30 އާއި […]
ޔުމްނާ ޢަލީ
މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހީނާ ވިދާޅުވިގޮތުގައި ރައީސް މިހެން ހަމަޖެއްސެވީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީއެވެ. ވެރިރަށް މާލެ އަށް އިއްޔެ އިރު އޮއްސެނިކޮށް ވެހެން ފެށި ވާރޭ އަދި ވެސް ނުހުއްޓައެވެ. ބޯ ކެރީގެ [...
ޔުމްނާ ޢަލީ
މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ކުރަމުން އަންނަކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތް ކުރަމުން އަންނަކަމަށެވެ. ’’ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދި...
ޔުމްނާ ޢަލީ
ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގައާއި، ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މީގެ އިތުރުން މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ތައްޔާރީ...
ޔުމްނާ ޢަލީ
ހުޅުމާލޭގައި ހިންގަމުން އަންނަ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގެ މައި މަގުގައި ހުންނަ “ޓީ-ހަޓް” ނަމަކަށް ކިޔާ ކެފޭގައެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި، އެ ކެފޭގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ އަލިފާން ނިއްވާ ޔުނިޓުން ވަގުތުން ހަރަކާތްތެރިވެފައިވެއެވެ. އެ ކެފޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފަވެއެވެ. އެހެންނަމަވެސް، މި ހާދިސާގައި އެއްވެސް [...
ޔުމްނާ ޢަލީ
ބ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެ، އޮރެންޖު އިންޒާރު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފައި ވަނީ މިރޭ 21:45 އިން މެންދަމު 2:00 އަށެވެ. މި ސަމާލުގެ ވަގުތުގައި ގުގުރައި، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި ފެން ބޮޑުވާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި، އަންނަ ހޯމަ […]
ޔުމްނާ ޢަލީ
ރިސާރޗް ލައިބްރަރީއަކާއެކު ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މިސްކިތުގެ ބިންގާ އަޅަން ތައްޔާރުވެއްޖެއެވެ. މި މިސްކިތަކީ މ. ޠައިބާ ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރެވޭ މިސްކިތެކެވެ. ހުޅުމާލޭގައި އަޅާ މި މިސްކިތުގެ ބިންގާ އެޅުން އިއްޔެ އަށް ތާވަލުކުރި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ މިސްކިތުގެ ބިންގާއެޅުން ވަނީ ފަހުގެ ތާރީޚަކަށް ފަސް ކުރެވިފައެވެ. މަދީނާ އިންވެސްޓްމަންޓުން މެނޭޖްކުރާ މި މަޝްރޫޢުގެ ދަށުން އެޅޭ މިސްކިތަކީ، ހުޅުމާލޭގައި އެތައް އަހަރެއްވަންދެން ޓިނުނ...
ޔުމްނާ ޢަލީ
ކޮންމެ ރޯދަމަހަކުވެސް ޔަގީން ކުރަންވީ އެއްކަމަކީ ދިވެހިންގެ ސަލާމަތާއި ކާމިޔާބު ގުޅިފައިވަނީ، މާތްވެގެންވާ އިސްލާމް ދީނާކަން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފެށުނު ރަމަޟާން މަހާއި ގުޅިގެން ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ޚިޠާބުގައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ރަމަޟާން މަހަކީ ނިޢުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެއް ކަމަށާއި، މި ބަރަކާތްތެރި މަހުގައި ހިފާ ރޯދައާއި، އަޅުކަމަށް ދ...
ޔުމްނާ ޢަލީ