މާލެ އަށް ކުރި ގަދަ ވިއްސާރާގައި ފެންބޮޑުވެ ދަތިތައް ކުރިމަތިވުމުން މާލެ ސަރަހައްދުގެ ސަރުކާރުގެ މައި ތިން ހޮސްޕިޓަލެއްގެ އައުޓް ޕޭޝަންޓުގެ ހިދުމަތް ނުވަތަ އޯޕީޑީ މިއަދަށް ބަންދުކޮށްފި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދާރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ މިއަދު އެ ހޮސްޕިޓަލާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އަދި ވިލިމާލޭ ހޮސްޕިޓަލްގެ އޯޕީޑީ ބަންދުވާނެކަމަށެވެ..

Ad
rt

މިގޮތަށް ނިންމީ މާލެ އަށް މެދުނުކެނޑި ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފު ލިބިފައިވާތީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސަވާފައިވާތީއާއި، އަދި ހޮސްޕިޓަލް ހުންނަ ސަރަހައްދުގައި ފެން ބޮޑުވެ ބަލި މީހުންނަށް ހޮސްޕިޓަލަށް އައުމާއި، އެނބުރި ދިޔުމަކީ ތަކުލީފަކަށް ވާނެތީ ކަމަށެވެ.

އެހެންނަމަވެސް އައިޕީޑީ އަދި އިމަޖެންސީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ދާނެކަމަށް އެ ހޮސްޕިޓަލުން ބުނެފަވެއެވެ.

މާލެ އަށް ވެހުނު ވާރޭގައި އެންމެ ބޮޑަށް ފެންބޮޑުވި އެއް ސަރަހައްދަކީ އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލް ހުންނަ ސަރަހައްދެވެ. މި ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދި ބައެއް މީހުްނ ގެއަށް ނުދެވި ތިއްބާ ފުލުހުންގެ އެހީތެރިކަމާއެކު ރޭ ވަނީ ގޭތަކަށް ގެންގޮސްވެސް ދީފައެވެ.