އިހްސާންގެ އިތުބާރުނެތް ކަމަށް ދައްކަން އުޅެނީ ހަމަނުޖެނުން ނަގާލަން: ނައިބު ރައީސް
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ދެއްކުމަށް މަސައްކަތްކުރަނީ ޤައުމުގެ ހަމަޖެހުން ނަގާލުމަށް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ދާޚިލީ ވަޒީރު އިހްސާންގެ އިތުބާރުގެ މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށް ގެންގޮސްފައި ވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ނައިބު ރައީސްގެ ޕޯސްޓްގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގެ ތެރެއިން ޖ...