ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް މިއަދު ޢައްޔަނުކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައިި މިކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޙުސައިން ޝަހީދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވާފައެވެ. ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.

Ad
rt

ހުވާކުރެއްވުމަށްފަހު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަހީދަށް ޢައްޔަނުކުރެއްވި ކަމުގެ ރަސްމީ ލިޔުން ޙަވާލުކުރައްވާފައެވެ.

ފަނޑިޔާރު ޝަހީދު ޖޭއެސްސީގެ މެމްބަރަކަށް ހަމަޖައްސައިފި

ޝަހީދު މިި މަޤާމަށް ޢައްޔަނުކުރެވިފައިވަނީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުންނެވެ.

ޙުސައިން ޝަހީދަކީ ކުރިން ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އަދި ޖޫރިޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލް.އެލް.ބީ ޙާޞިލުކުރައްވާފައެވެ.