ރާއްޖޭގައި އިންވެސްޓްކުރުމަށް މެލޭޝިއާގެ ވިޔަފާރިތަކަށް ރައީސް ދަޢުވަތުދެއްވައިފި
މެލޭޝިއާގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ދަޢުވަތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މި ދަޢުވަތު ދެއްވީ އެމަނިކުފާނު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި “މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025” ގައި ތަޤުރީރުކުރައްވަމުންނެވެ. ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ހިފައި، ރާއްޖެ މިހާރަށްވުރެ ވަރުގަދަ، ވިޔަފާރިތަކަށް ފަހި އަދި މުސްތަޤުބަލަށް ތައްޔ...