ތިލަމާލޭ ބްރިޖުގެ އެންމެ ގޮންޖެހުން ބޮޑުވި ޕައިލިންގެ މަސައްކަތް ނިމިއްޖެ
ތިލަމާލޭ ބްރިޖުގެ ޕައިލިންގެ މަސައްކަތް ނިމިފައިވާކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި މި މަޝްރޫޢުގެ ދަށުން އެއްގަމާއި ކަނޑުގައި ޖުމްލަ 263 ޕައިލް ވަނީ ޖަހާފައެވެ. މިނިސްޓަރު މުއްތަލިބް ފާހަގަކުރެއްވި ގޮތުގައި ޕައިލިންގެ މަސައްކަތަކީ މި މަޝްރޫޢުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތެވެ. އަދި މިހާތަނަށް ބްރިޖު މަޝްރޫޢުގެ 60.84 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. ތިލަމާލެ ބްރިޖު މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ ރައީސް އިބްރާ...