ރައީސް ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަނީ
ރައީސް ޑރ. މުހައްމަދު މުޢިއްޒު ސިންގަޕޫރަށް ރަސްމީ ދަތުފުޅެއް ކުރަށްވަން ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މި ދަތުރުފުޅުގައި ރައީސް އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 2 ށް ކަމަށް ރައީސް ކުރަށްވާ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރ...