މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 219 ވަނަ ޞަފްޙާ

ދިއްދޫ އާއި ފުނަދޫ ހިމެނޭހެން 15 ރަށެއްގައި ޕަބްލިކް ވޯކްސް ޔުނިޓް ޤާއިމްކުރަނީ

ދިއްދޫ އާއި ފުނަދޫ ހިމެނޭހެން 15 ރަށެއްގައި ޕަބްލިކް ވޯކްސް ޔުނިޓް ޤާއިމްކުރަނީ

ހއ. އަތޮޅުގެ ވެރިރަށް ދިއްދޫ އާއި ށ. އަތޮޅުގެ ވެރިރަށް ފުނަދޫ ހިމެނޭހެން ފަބްލިކް ވާރކްސް ގެ ޚިދުމަތް ކުރިން ނުދޭ 15 އަތޮޅެއްގައި 15 ރަށެއްގައި ޔުނިޓްތައް ޤާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ. އެގޮތުން މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވާރކްސް ޚިދުމަތްތައް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމާފައިވާ ނިންމުމުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަ...

އައިޝަތު އައިނީ އާމިރު
ނޮޅިވަރަންފަރަށް އެންމެ ބޭނުންވާ ކަންކަމާއި ހުރި ގޮންޖެހުންތައް ހިއްސާކޮށްފި

ނޮޅިވަރަންފަރަށް އެންމެ ބޭނުންވާ ކަންކަމާއި ހުރި ގޮންޖެހުންތައް ހިއްސާކޮށްފި

ހދ. ނޮޅިވަރަންފަރަށް އެންމެ ބޭނުންވާ ކަންކަމާއި ކުރިމަތިވެފައިވާ ގޮންޖެހުންތައް އެރަށު ކައުންސިލުން ނައިބުރައީސް  ޙުސައިން މުޙައްމަދު ލަޠީފް އާއި މިއަދު ހިއްސާކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލުން މިކަންކަން ނައިބު ރައީސާއި ހިއްސާކޮށްފައި ވަނީ އެކައުންސިލާއި ނައިބު ރައީސާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ. ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކ...

ޔުމްނާ ޢަލީ
އެންސްޕާއިން ޖޫންމަހު 25 މިލިއަން ރުފިޔާގެ އެހީ، އެންމެ ގިނައީ ނޭވާލާ ނިޒާމްގެ ބަލިތައް

އެންސްޕާއިން ޖޫންމަހު 25 މިލިއަން ރުފިޔާގެ އެހީ، އެންމެ ގިނައީ ނޭވާލާ ނިޒާމްގެ ބަލިތައް

ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ރާއްޖެއިންނާއި ބޭރުން ފަރުވާ ހޯދައިދިނުމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިދިޔަ ޖޫން މަހު 25.8 މިލިއަން ރުފިޔާގެ އެހީ ދީފައިވާ ކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި ހޭދަކުރެވުނު 25.8 މިލިއަން ރުފިޔާގެ ތެރެއިން، ރާއްޖޭގައި ފަރުވާ ހޯދި ފަރާތްތަކަށް ޖުމްލަ 17.7 މިލިއަން ރުފިޔާގެ އެހީ ދީފައިވެއެވެ. އަދި ރާއްޖެއިނ...

ޔުމްނާ ޢަލީ
4،000 ފުލެޓް: އަންނަ ހަފުތާގައި އެއްބަސްވުންތަކުގައި ސޮއިކުރަން ފަށަނީ

4،000 ފުލެޓް: އަންނަ ހަފުތާގައި އެއްބަސްވުންތަކުގައި ސޮއިކުރަން ފަށަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއް ޕްރޮގްރާމް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި އަންނަ ހަފުތާގައި ސޮއިކުރަން ފަށާނެ ކަމަށް، ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ރޭ ވިދާޅުވެއްޖެއެވެ. ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “އަހާ ފޯރަމް” ސިލްސިލާގެ ހަވަނަ ފޯރަމް ރޭ ބާއްވާފައިވާއިރު، މި ފޯރަމްގައި ދެއްކެވި ވާހަކާގައި ވަޒީރު ވިދާޅުވީ، އަންނަ ހ...

ޔުމްނާ ޢަލީ
ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ރޭ އަނިޔާވެއްޖެއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ވޭނަކާއި ސައިކަލެއް ޖެހިގެންނެވެ. ހައިވޭގެ ހަތަރު ލޭނު އޮންނަ ހިސާބުގައި ހިނގި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ވޭން އޯވަރޓޭކްކުރަނިކޮށް ސައިކަލުގައި ޖެހިގެންނެވެ. މި ހާދިސާގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާއިރު، އެ ދެ މީހުންނަށް ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާދެމުންނެވެ. މި އެކްސިޑެނ...

ޔުމްނާ ޢަލީ
ފީނަންގޮސް އުޅެނިކޮށް ގެއްލުނު ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ފީނަންގޮސް އުޅެނިކޮށް ގެއްލުނު ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖާ ނިޔާވެފަައި އޮއްވާ ފެނިއްޖެއެވެ. މިވަގުތު މާމިގިލި ބަނދަރު ސަރަހައްދުގައި ހުރި މީހަކު ”ތިލަދުން” އަށް ބުނީ އެ ކުއްޖާގެ ހަށިގަނޑު މޫދު އަޑިން ނަގާފައިވާ ކަމަށެވެ. އަދި އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށްވެސް ބުންޏެވެ. ފުލުހުން ވެސް މިހާރު ވަނީ އެ ކުއްޖާ ނިޔާވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ”އެކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން ވަނީ މައުލޫމާތުދީފައި” ފުލުހުން ބުންޏެވެ. ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖަކު […]

ޔުމްނާ ޢަލީ
ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިއްޖެ

ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިއްޖެ

އދ. މާމިގިލި ކައިރިން ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ފުލުހުން ބުނީ މިއަދު އދ. މާމިގިލި ކައިރިއަށް ފީނަން ގޮސްއުޅުނު ހަތަރު ކުދިން ތެރެއިން ކުއްޖަކު ގެއްލިގެން ރިޕޯޓްކޮށްފަައިވާ ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ 15 އަހަރުގެ ފިރިހެންކުއްޖެއްކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި، ސިފައިންނާއި އަދި މާމިގިލި ރައްޔިތުން ގުޅިގެން އަންނީ ކުރަމުންނެވެ. މާމިގިލިން ”ތިލަދުން” އާއި ވާހަކަ ދެއްކި މީހަކު ބުނީ […]

ޔުމްނާ ޢަލީ
ކޮޓަރިއެއް ތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެއްޖެ

ކޮޓަރިއެއް ތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެއްޖެ

މާލޭގެ ގެއެއް ތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން އެމެޖެންސީގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ މީހަކު ހޮސްޕިޓަލްގައި ނިޔާވެފައިވާ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި ނިޔާވެފައި ވަނީ ވަނީ މ. ސައިނޯސަރު، މުހައްމަދު ރަޝީދު 43، އެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެންނެވެ. މުހައްމަދު ރަޝީދު ވެއްޓިފައި އޮއްވާ ފެނިގެން އެމެޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހެނދުނު 10:10 ހާއިރުއެވެ. ފުލުހުން...

ޔުމްނާ ޢަލީ
''އަހާ'' ސިލްސިލާގެ އިތުރު ފޯރަމެއް މިރޭ؛ 4 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ

''އަހާ'' ސިލްސިލާގެ އިތުރު ފޯރަމެއް މިރޭ؛ 4 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ

ސަރުކާރުން ރައްޔިތުންނާ ގާތުން ގުޅުން ބަދަހިކޮށް، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަމުން އަންނަ ”އަހާ” ސިލްސިލާގެ އިތުރު ފޯރަމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމްގެ މިރޭގެ ފޯރަމަކީ، ”އަހާ” ސިލްސިލާގެ ދަށުން ބާއްވާ 6 ވަނަ ފޯރަމެވެ. މިރޭގެ ފޯރަމްގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް 4 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ފޯރަމް...

ޔުމްނާ ޢަލީ
މަގޫދޫގައި ހަދާ އެއާޕޯޓްގެ ފަޔަރ އިމާރާތުގެ ބިއްލޫރިތައް ތަޅާލައި، ރޯކޮށްލަން އުޅެފި

މަގޫދޫގައި ހަދާ އެއާޕޯޓްގެ ފަޔަރ އިމާރާތުގެ ބިއްލޫރިތައް ތަޅާލައި، ރޯކޮށްލަން އުޅެފި

ފ. މަގޫދޫގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓްގެ ފަޔަރ އިމާރާތުގެ ބިއްލޫރިތައް ތަޅާލައި، އެތަނުގައި ރޯކޮށްލަން ބަޔަކު މަސައްކަތްކޮށްފިއެވެ. ފުލުހުން ބުނީ ފ.މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓްގައި އިމާރާތް ކޮށްފައިވާ އެއަރޕޯޓް ފަޔަރ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް 13 ޖުލައި 2025 ވަނަ ދުވަހުގެރޭ ތަޅާލާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު (14 ޖުލައި 2025 ވަނަ ދުވަހު) ގެ 07:47 އެހައިކަންހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ. ”މި މައް...

ޔުމްނާ ޢަލީ
އަލްސަންގެ އާއިލާއަށް ރައީސްގެ ތައުޒިޔާ، ޖަނާޒާ އަސުރުނަމާދަށްފަހު

އަލްސަންގެ އާއިލާއަށް ރައީސްގެ ތައުޒިޔާ، ޖަނާޒާ އަސުރުނަމާދަށްފަހު

ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ އާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. ”މަރްޙޫމް ޔޫސުފް އަލްސަން މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އެ މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. އަދި، މި އެކްސިޑެންޓުގައި ހާނީއްކަވެ ފަރުވ...

ޔުމްނާ ޢަލީ
ޔުމްނު ވެއްޓުނު ހާދިސާ ތަހްގީގުކުރަން އުފެއްދި ކޮމިޝަން އުވާލައްވައިފި

ޔުމްނު ވެއްޓުނު ހާދިސާ ތަހްގީގުކުރަން އުފެއްދި ކޮމިޝަން އުވާލައްވައިފި

18 އޭޕްރީލް 2025 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އުފެއްދެވި ”ޚާއްޞަ ކޮމިޝަން” އެ މަނިކުފާނު އިއްޔެ އުވައިލައްވައިފިއެވެ. އެމަނިކުފާނު އިއްޔެ އެ ކޮމިޝަން އުވައިލައްވައިފައިވަނީ، ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތީން، އެކަމަށްޓަކައި ނެރުއްވި ޤަރާރަކުންނެވެ. ރައީސް އެ ކޮމިޝަން އުފެއްދެވީ، 27 އެޕްރީލު 2025 ގައެވެ. އެ ކޮމިޝަނާ މަތިކުރެއްވީ، 18 އެޕްރީލު 2025 ވަނަ ދުވަހު މާލޭގެ ގެއެއްގެ […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ފަށައިފި

ކުޅުދުއްފުށީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ފަށައިފި

ކުޅުދުއްފުށީ ސިޓީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ހޮނިހިރު ދުވަހު ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ކޯހަކީ އެ ކައުންސިލާއި، އަބުޑީ މޯލްޑިވްސް ގުޅިގެން އެޓްމޯސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ ކޯހެކެވެ. މި ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެމްބަރު އާމިނަތު މަޖީދާއެވެ. މި ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ޕަންޗް ނީޑްލިން ކިޓްތައް ހަވާލުކޮށްފައިވެއެވެ. އަންހެން ބޭފުޅުންނަށް ޚާ...

ޔުމްނާ ޢަލީ
ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ ތޭރަވާއާއި އަޝްފާގެ ދަރިފުޅު

ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ ތޭރަވާއާއި އަޝްފާގެ ދަރިފުޅު

މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދު ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިރޭ އިރާކޮޅު މާލޭގެ  މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަސްމަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހުމަށްފަހު، އެ ސަރަހައްދުން […]

ޔުމްނާ ޢަލީ
އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް

އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް” (އެމް.އެމް.ޕީ.އާރު.ސީ) ގެ ނަން “ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް” އަށް މިއަދު ބަދަލުކުރައްވައިފިއެވެ. މި ބަދަލު ގެންނަވައި، މި ބަދަލު ގެންނެވި ރައީސްގެ ޤަރާރުގައި ވިދާޅުވެފައިވާ ގޮތުގައި މި ކުންފުންޏަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމ...

ޔުމްނާ ޢަލީ