މާލޭގެ ގެއެއް ތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން އެމެޖެންސީގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ މީހަކު ހޮސްޕިޓަލްގައި ނިޔާވެފައިވާ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި ނިޔާވެފައި ވަނީ ވަނީ މ. ސައިނޯސަރު، މުހައްމަދު ރަޝީދު 43، އެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެންނެވެ.

Ad
rt

މުހައްމަދު ރަޝީދު ވެއްޓިފައި އޮއްވާ ފެނިގެން އެމެޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހެނދުނު 10:10 ހާއިރުއެވެ.

ފުލުހުން ބުނީ އޭނާގެ ބޭރުފުށުން އަނިޔާއެއްގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށެވެ.

މި މަރާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލޭގެ ގެއެއް ތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން އެމެޖެންސީގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ މީހަކު ހޮސްޕިޓަލްގައި ނިޔާވެފައިވާ މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، މާލޭގައި ރޭ ވަނީ ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 19 އަހަރުގެ ކުއްޖަކު ނިޔާވެފައެވެ. މި އެކްސިޑެންޓްގައި 16 އަހަރު ކުއްޖަކަށް ވެސް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، މި އެކްސިޑެންޓްގައި އަނިޔާވި 40 އަހަރުގެ މީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.