ކަރީމްބެއަކީ ޞިއްޙީ ދާއިރާގެ ނަމޫނާ ޝަޚްޞިއްޔަތެއް: ރައީސް
ޞިއްޙީ ދާއިރާއަށް 47 އަހަރަށް ވުރެ ދިގު މުއްދަތަކު ޚިދުމަތް ކުރެއްވި، އެތައް ބަޔަކަށް ބޭސްފަރުވާ ކޮށްދެއްވި ޚިދުމަތްތެރިޔާ، ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވުމުގެ ހިތާމައިގާ، އެ މަރުޙޫމްގެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ކަރީމްބެ އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަރީމްބެ އަވަހާރަވުމަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި...