ކުޅުދުއްފުށީ ސިޓީގައި ޕަންޗް ނީޑްލިން އެމްބްރޮއިޑަރީ ކޯހެއް ހޮނިހިރު ދުވަހު ފަށައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ކޯހަކީ އެ ކައުންސިލާއި، އަބުޑީ މޯލްޑިވްސް ގުޅިގެން އެޓްމޯސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ ކޯހެކެވެ.

Ad
rt

މި ކޯސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެމްބަރު އާމިނަތު މަޖީދާއެވެ. މި ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ޕަންޗް ނީޑްލިން ކިޓްތައް ހަވާލުކޮށްފައިވެއެވެ.

އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ހަތް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިކޯހުގައި ޖުމްލަ 25 އަންހެން ބޭފުޅުން ބައިވެރިވެފައި ވެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މިކޯހުގެ ބައިވެރިން ހޮވުމުގައި ބައިވެރިންގެ އުމުރު، އާއިލީ ހާލަތު އަދި ވަޒީފާގެ ހާލަތާއި ލިބޭ އާމްދަނީއަށް ރިއާޔަތްކޮށް، އިޖުތިމާއީ ގޮތުންނާއި އިޤްތިޞާދީގޮތުން ނާޒުކު ހާލަތްތަކުގައި ތިއްބެވި ފަރާތްތަކަށް އިސްކަންދީފައިވެއެވެ.

މި ކޯހަކީ އަންހެނުންގެ ހުނަރުވެރިކަން އިތުރުކޮށް، އަތުން އުފައްދާ އުފެއްދުންތައް އިތުރު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ ނުވަތަ ވަޒީފާ އަދާ ނުކުރާ އަންހެނުންނަށް އާމްދަނީ ހޯދުމަށް މަގު ތަނަވަސްކޮށްދިނުމާއި، އަންހެނުންގެ މެދުގައި ވިޔަފާރި ކުރުމުގެ ރޫހު އުފައްދާ އަމިއްލަ ނަފްސަށް ބަރޯސާވުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ ކޯހެއްކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

މި ކޯހުގައި ކިޔަވައި ދެނީ މި ސެޝަންގެ މަޤުސަދަކީ އުފެއްދުންތެރިކަމާއި ހުނަރުވެރިކަމުގެ ދާއިރާއިން މަޝްހޫރު އާމިނަތު ޝިހާނާ (އަބުޑީ) އެވެ.