ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖާ ނިޔާވެފަައި އޮއްވާ ފެނިއްޖެއެވެ.

މިވަގުތު މާމިގިލި ބަނދަރު ސަރަހައްދުގައި ހުރި މީހަކު ''ތިލަދުން'' އަށް ބުނީ އެ ކުއްޖާގެ ހަށިގަނޑު މޫދު އަޑިން ނަގާފައިވާ ކަމަށެވެ. އަދި އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށްވެސް ބުންޏެވެ.

Ad
rt

ފުލުހުން ވެސް މިހާރު ވަނީ އެ ކުއްޖާ ނިޔާވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

''އެކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން ވަނީ މައުލޫމާތުދީފައި'' ފުލުހުން ބުންޏެވެ.

ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިއްޖެ

ނިޔާވެފައިވާ ކުއްޖާ އަކީ މާމިގިލީ ސްކޫލްގެ ގްރޭޑް 10 ގައި އުނގެނެމުން އަންނަ ކުއްޖެކެވެ. އެ ކުއްޖާއާއި އެކު ބޯވަނަގަން ދިޔަ އަނެއް ތިން ކުދިންނަކީ ވެސް މާމިގިލީ ސްކޫލްގެ ގްރޭޑް 10 ގައި އުނގެނެމުން އަންނަ ކުދިންނެވެ.

މިކުދިން ފީނަން ގޮސްފައި ވަނީ މެންދުރުގެ ވަގުތެއްގައެވެ. އެތަނުން އެއްކުށްޖަކު ނުފެނި ގިނަ އިރުވެގެން އެކުގައި ދިޔަ ކުދިން ފުލުހުންނަށް ރިޕޯޓްކުރީއެވެ.

އެ ކުއްޖާގެ ހަށިގަނޑު ފެނުނީ މާމިގިލީ ރައްޔިތުންނާއި، ފުލުހުންނާއި އަދި ސިފައިން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

ނިޔާވެފައި ވަނީ މާމިގިލި މުހައްމަދު ލޫތު/ ރޯޅި، މާމިގިލި އެވެ.