ޑްރަގް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ފަދަ ބޮޑެތި އަދަބުތައް ދެވޭގޮތަށް ޤާނޫނުގައި ހިމަނަނީ
މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ފަދަ ބޮޑެތި އަދަބުތައް ދެވޭގޮތަށް ޤާނޫނުގައި ހިމެނުމަށް އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ. ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ. ”އެގޮތުން، މަޖިލީހަށް މިހާރު ހު...