ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
މި މަޤާމު ހުސްވީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާން ރިޓަޔަރ ކުރެއްވުމުންނެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ބޭފުޅުން ހޯދުމަށް ހުޅުވާލި މުއްދަތު މިއަދު ހަމަވިއިރު، މި މަޤާމަށް ކުރިމަތިލައްވާފައިވަނީ ތިން ބޭފުޅުންނެވެ.
އެ ބޭފުޅުންނަކީ:
- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު،
- ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން،
- ފެމިލީ ކޯޓުގެ ޤާޟީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައިވާ ގޮތުން، އުއްތަމަ ފަނޑިޔާރަކު އައްޔަންކުރަނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!