ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފަށައިފި
ބ. ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހީމެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑައިލިސިސްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިގޮތުން މިހާރު މި ޚިދުމަތް ނުފެށި އޮތީ އދ. އަތޮޅާއި، ވ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ދ. އަތޮޅުގައި އެކަންޏެވެ. ޑައިލިސިސްގެ ޚިދުމަތަކީ ކިޑްނީގެ ބަލީގެ ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އެންމެ މުހިންމު އެއް ޚިދުމަތެވެ. މި ޚިދުމަތް […]