ތަކަންދޫ ކައުންސިލްގެ ރައީސް ނައީމް އިސްތިއުފާ ދެއްވައިފި
ހއ. ތަކަންދޫ ކައުންސިލްގެ ރައީސް ޙުސައިން ނައީމް މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވާ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޢާރިފް އަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީގެ ކޮޕީ އެއް “ތިލަދުން” އަށް ވަނީ ލިބިފައެވެ. އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ޙުސައިން ނައީމްގެ އިސްތިއުފާއާ ގުޅިގެން، ކައުންސިލްގެ ހިންގުން ވަގުތީގޮތުން ހަވާލުވާނީ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޢާރިފްއެވެ. ތަކަންދޫ ކައުންސިލްގެ ރައީސްކަމުން އިސްތިއުފާ ދެއްވި...