މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 170 ވަނަ ޞަފްޙާ

އިންފަންޓީނޯ އާއި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަތް ޚާއްސަ ފުޓްބޯޅައިގެ ހަރަކާތް ބާއްވައިފި

އިންފަންޓީނޯ އާއި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަތް ޚާއްސަ ފުޓްބޯޅައިގެ ހަރަކާތް ބާއްވައިފި

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތް ޚާއްސަ ފުޓުބޯޅަ ފެސްޓިވަލް ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ބާއްވައިފިއެވެ. މި ފެސްޓިވަލަކީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ރައީސް އަޙްމަދު ތޯރިގުގެ ދަޢުވަތަކަށް ރާއްޖެއަށް ޒިޔާރަތްކުރެއްވި ފީފާގެ ރައީސް އިންފަންޓީނޯގެ ޝަރަފުގައި ބޭއްވި ކުޅިވަރު ހަރަކާތެކެވެ. މި ޚާއްސަ ފެސްޓިވަލުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، ނައިބު ރައީސް ޙުސައިނ...

ޔުމްނާ ޢަލީ
ލޯންޗެއް ބަލާ ފާސްކޮށް ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ލޯންޗެއް ބަލާ ފާސްކޮށް ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ގއ. ކޮޅަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ލޯންޗެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުން ދިން މައުލޫމާތުގައިވާ ގޮތުން، މަސްތުވާތަކެތި އެތެރެކުރާ ކަމަށް ޝައްކުކުރެވޭ މައުލޫމާތާ ގުޅިގެން، ފުލުހުން އެރަށަށް ދަތުރުކުރި ލޯންޗު ބަލާ ފާސްކުރިއިރު ގިނަ އަދަދ...

ޔުމްނާ ޢަލީ
އައިޖީއެމްއެޗުގައި ވިޓްރިއޯރެޓިނަލް ސާޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

އައިޖީއެމްއެޗުގައި ވިޓްރިއޯރެޓިނަލް ސާޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ވިޓްރިއޯރެޓިނަލް ސާޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިކަން ހާމަކުރަށްވައި މިއަދު ވިދާޅުވީ، މިއީ މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއަށް މުހިންމު ކާމިޔާބީއެއް ކަމަށެވެ. ހަލީމް ވިދާޅުވިގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް އަދި އައި.ޖީ.އެމް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުން، ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ވިޓްރިއޯރެޓިނ...

ޔުމްނާ ޢަލީ
ޕާކިސްތާނު-ރާއްޖެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ޕާކިސްތާނު-ރާއްޖެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއަރމަން، ޖެނެރަލް ސާޙިރް ޝަމްޝާދް މިރްޒާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މިއަދު ބައްދަލުކުރަށްވައިފިއެވެ. ޖެނެރަލް މިރްޒާ މިހާރު ރާއްޖެއަށް ކުރަށްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މި ބައްދަލު ކުރިއަށް ދިޔައީ ބުރާސްފަތި ދުވަހު ހެނދުނު ރައީސް އޮފީހުގައެވެ. ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، ޖެނެރަލް މިރްޒާއަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ދެ ބޭފުޅު...

ޔުމްނާ ޢަލީ
ފީފާގެ ރައީސް ރާއްޖެ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް

ފީފާގެ ރައީސް ރާއްޖެ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމުގައިވާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މިއީ 19 އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ އަށް ކުރަށްވާ އެއް ދުވަހުގެ މި ދަތުރުގައި މިއަދު ރާއްޖެ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ. އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމާއި، ރާއްޖޭގެ ފުޓްބޯޅައިގެ […]

ޔުމްނާ ޢަލީ
ރައީސް އާއި ފީފާގެ ރައީސް ބައިވެރިވާ ފުޓްބޯޅަ މެޗު މިއަދު، މަޓެރާޒީ ވެސް ކުޅޭނެ

ރައީސް އާއި ފީފާގެ ރައީސް ބައިވެރިވާ ފުޓްބޯޅަ މެޗު މިއަދު، މަޓެރާޒީ ވެސް ކުޅޭނެ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމުގައިވާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރާއި ގުޅިގެން، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު މިއަދު ހަވީރު ހާއްސަ ފުޓްބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި މެޗުގައި އިޓަލީގެ ވޯލްޑް ކަޕް ތަރި މާކޯ މަޓެރާޒީ ވެސް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. އިންފަންޓީނޯ މިއަދު ހެނދުނު ރާއްޖެ ވަޑައިގަންނަވާނީ 19 އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުގެ ގޮތުގައެވެ. މި […]

ޔުމްނާ ޢަލީ
ކަންނެލި މަސްވެރިކަމުގެ މަސައްކަތައް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން ހަވާލުކޮށްފި

ކަންނެލި މަސްވެރިކަމުގެ މަސައްކަތައް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން ހަވާލުކޮށްފި

ކަންނެލި މަސްވެރިކަން ތަރައްގީކޮށް، މަސްވެރިންނަށް ލިބޭ ފައިދާ އިތުރުކުރުމުގެ މަސައްކަތުގެ ދަށުން، ހުޅުމާލެއިން އެކަމަށް ކަނޑައަޅާފައިވާ ބިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ. މި ބިން ޙަވާލުކުރުމަށްޓަކައި މިއަދު އެޗް.ޑީ.ސީގައި ބޭއްވުނު ރަސްމިއްޔާތުގައި، ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޢަލީ ޒުހައިރެވެ. އަދި މިނިސްޓްރީ އޮފް ފ...

ޔުމްނާ ޢަލީ
ސިނގިރޭޓް ވައްކަން: ހަ ވަނަ މީހަކު ހައްޔަރުކޮށްފި

ސިނގިރޭޓް ވައްކަން: ހަ ވަނަ މީހަކު ހައްޔަރުކޮށްފި

މިދިޔަ އަހަރުގެ އޭޕްރީލް މަހު 26 ވަނަ ދުވަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން ހަ ވަނަ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ 2025 އޮކްޓޯބަރ 09 ވަނަ ދުވަހު އެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން އިތުރު މީހަކު މިއަދު (2025 އޮކްޓޯބަރ 23 ވަނަ ދުވަހުގެ) ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނިގޮތުގައި […]

ޔުމްނާ ޢަލީ
ޕޮލިސް ރިކޯޑުގެ ގަވާއިދަށް އިސްލާހް ގެނެސްފި

ޕޮލިސް ރިކޯޑުގެ ގަވާއިދަށް އިސްލާހް ގެނެސްފި

ޕޮލިސް ރިކޯޑު ބެލެހެއްޓުމާ ގުޅޭ ގޮތުން އަމަލުކުރާ ގަވާއިދަށް މުހިއްމު އިސްލާހެއް ގެނެސް، އަމަލުކުރަން ފަށައިފިއެވެ. މި އިސްލާހުތައް އެކުލެވޭ ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު ގެޒެޓްކޮށް، އަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. މި އިސްލާހުގެ އެންމެ ބޮޑު މަގުސަދަކީ، ބައެއް ޝަރުތުތަކުގެ ދަށުން، ޖިނާއީ މައްސަލަތަކުގެ ރިކޯޑު ނައްތާލުމުގެ އުސޫލުތައް ކަނޑައެޅުމެވެ. މި އިސްލާހ...

ޔުމްނާ ޢަލީ
ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލަން ދިން ހުއްދަ ހައި ކޯޓުން ބާތިލްކޮށްފި

ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލަން ދިން ހުއްދަ ހައި ކޯޓުން ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑް ކުންފުނިން ލޯނެއް ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ބީއެމްއެލްއަށް ދީފައިވާ ހުއްދަ ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ. ހެވީލޯޑް ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދެއްކުމުން ވިއްކާލަން އިއުލާންކުރީ ލ. ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑް އަދި ބޮޑުހުރާ އައިލެންޑެވެ. […]

ހުސައިން ހަބީބް
ނޮމްބަރު 2 ސަރުކާރު ބަންދު

ނޮމްބަރު 2 ސަރުކާރު ބަންދު

އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި ރަސްމީކޮށް ވަނީ ހާމަކުރަށްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަސް (ނޮވެންބަރު 3) ފާހަގަކުރުމަށް ލިބޭ ޗުއްޓީއާ ގުޅުވައިގެން، މުވައްޒަފުންނަށް މެދުކެނޑުމެއްނެތި އިތުރު ޗުއްޓީ ދުވަސްތަކެއް ލިބޭނެ ގޮތް ހަ...

ޔުމްނާ ޢަލީ
ރަށްރަށުގެ މެދުގައި ތަފާތުކުރުމަކީ ގަބޫލުކުރާ ހަމައެއްނޫން: ރައީސް

ރަށްރަށުގެ މެދުގައި ތަފާތުކުރުމަކީ ގަބޫލުކުރާ ހަމައެއްނޫން: ރައީސް

ރާއްޖޭގެ އެއް ރަށާއި އަނެއް ރަށުގެ މެދުގައި ތަފާތުކުރުމަކީ ގަބޫލުކުރާ ހަމައެއްނޫންކަމަށާއި، މަސައްކަތްޕުޅުކުރަށްވަމުން ގެންދަވަނީ އެފަދަ ތަފާތުކުރުންތައް ނައްތާލައި އިންސާފުގާއިމުކޮށްދެއްވުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރޭ ގަމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ގަމަކީ ރާއްޖޭގެ ރަށްތަކުގެ ގޮތުން ބަލާއިރުގައިވެސް، އަދި އާބާދީގެ ގޮތުން ބަލާއިރުގައިވެސް، މީހުން ގިނަ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށެވެ. އެހެންނަމަވެ...

ޔުމްނާ ޢަލީ
އިސްލާމީ ދާއިރާއިން ބޮޑު 15 މަޝްރޫޢުއެއް ރޯދައިގެ ކުރިން ނިމޭނެ: ޝަހީމް

އިސްލާމީ ދާއިރާއިން ބޮޑު 15 މަޝްރޫޢުއެއް ރޯދައިގެ ކުރިން ނިމޭނެ: ޝަހީމް

ސަރުކާރުން ހިންގަމުން އަންނަ އިސްލާމީ ދާއިރާގެ މަޝްރޫޢުތަކުގެ ތެރެއިން ބޮޑު 15 މަޝްރޫޢުއެއް އަންނަ ރޯދަ މަހުގެ ކުރިން ނިންމާލެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުދެެއްވަމުންނެވެ. ޝަހީމްގެ ޖަވާބުގައި ވަނީ އ...

ޔުމްނާ ޢަލީ
އައްޑޫގެ ގެއެއްގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

އައްޑޫގެ ގެއެއްގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީގެ ހިތަދޫގެ ގެއެއްގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ އައްޑޫގެ ހިތަދޫގެ ގެއެއްގައި ދެމީހަކު ނިޔާވެފައި އޮތް މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ނިޔާވެފައި އޮއްވާ ފެނުނީ އަންހެނަކާއި ފިރިހެނަކު ކަމަށް ވެސް ފުލުހުން ބުންޏެވެ. އެނގިފައިވާގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ދެމަފިރިންނެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް އެ ދެމަފިރިން ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާއާ...

ޔުމްނާ ޢަލީ
ސިނގިރޭޓް ވައްކަން: ހައްޔަރުކުރި ފަސްވަނަ މީހާ ޝަރީޢަތް ނިމެންދެން ބަންދަން

ސިނގިރޭޓް ވައްކަން: ހައްޔަރުކުރި ފަސްވަނަ މީހާ ޝަރީޢަތް ނިމެންދެން ބަންދަން

މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހިރާއްޖޭގެ ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ފަސް ވަނަ މީހާ އަކީ ލިންކް / ކ.ތުލުސްދޫ، ޙަސަން ޢަބްދުއްރަޙްމާން (52އ އެވެ. މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ 21 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭގަނޑުގެ […]

ޔުމްނާ ޢަލީ