މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 134 ވަނަ ޞަފްޙާ

ސިޔާސީ ވިސްނުމަށް ބެލުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަަމަކަމާއެކު ހިދުމަތްކުރާނަން: ޖަލީލު

ސިޔާސީ ވިސްނުމަށް ބެލުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަަމަކަމާއެކު ހިދުމަތްކުރާނަން: ޖަލީލު

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުކޮށްދީފިނަމަ، ސިޔާސީ ވިސްނުމަށް ނުވަތަަ ގިންތިއާއި ފަންތިއަށް ބެއްލެވުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަަމަކަމާއެކު ހިދުމަތްކުރައްވާނެ ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ. ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކަށް އިންތިހާބުވުމުގެ ދަތުރު ފައްޓަވަ...

ޔުމްނާ ޢަލީ
މޫސާ އަލީ ޖަލީލަކީ ''ކޫރުމެއްވެސް އަޅުވާނުލެވޭފަދަ'' ސަޚްޞިއްޔަތެއް: ފަލާހް

މޫސާ އަލީ ޖަލީލަކީ ''ކޫރުމެއްވެސް އަޅުވާނުލެވޭފަދަ'' ސަޚްޞިއްޔަތެއް: ފަލާހް

މާލޭ ސިޓީ ކައުންސިލުގެ މޭޔަރުގެ މަގާމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ އެއްވެސް ކޫރުމެއް އަޅުވާނުލެވޭ ފަދަ ސާފު ސަޚްޞިއްޔަތެއް ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ފަލާހް މިހެން ވިދާޅުވީ ރޭ ބޭއްވި ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވ...

ޔުމްނާ ޢަލީ
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި މިއަދު ހަމަވާނެ، މެންދުރާއި ހަމައަށް 639 ޝަކުވާ

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި މިއަދު ހަމަވާނެ، މެންދުރާއި ހަމައަށް 639 ޝަކުވާ

މިއަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދު ހަމަވާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު މެންދުރު 12:00 ގެ ނިޔަލަށް ޖުމްލަ 639 ޝަކުވާ ވަނީ އެ ކޮމިޝަނަށް ލިބިފައެވެ. ލިބިފައިވާ ޝަކުވާތަކުގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ...

ޔުމްނާ ޢަލީ
ދޯނި ބަންޑުންޖަހާލި ހާދިސާގައި ނިޔާވީ ކެޕްޓަން، ބިދޭސީ މީހާ ހޯދުމުގެ މަސައްކަތްކުރިއަށް

ދޯނި ބަންޑުންޖަހާލި ހާދިސާގައި ނިޔާވީ ކެޕްޓަން، ބިދޭސީ މީހާ ހޯދުމުގެ މަސައްކަތްކުރިއަށް

މިއަދު ހެނދުނު ކާފު އަތޮޅު އެނބޫދޫފިނޮޅު ކައިރިން “ބަލަމާ 6” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި، ގެއްލުނު ދެ މީހުންތެރެއިން ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހަތަރު މީހުންނާއެކު ދަތުރުކުރި މި ދޯނި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 07:27 ހާއިރުއެވެ. ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި ހަތަރު މީހުންގެ […]

ޔުމްނާ ޢަލީ
މުދާ އުފުލާ ދޯންޏެއް ބަންޑުންޖަހައިލުން: ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

މުދާ އުފުލާ ދޯންޏެއް ބަންޑުންޖަހައިލުން: ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

މުދާ އުފުލާ ދޯންޏެއް ބަންޑުންޖަހާލައި މިއަދު ހިނގި ހާދިސާގައި ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ކ. ވާދޫ ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނީ މިއަދު ހެނދުނުއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި “ބަލްމާ 6” ނަމަކަށް ކިޔާ މި ދޯނި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 07:27 ހާއިރުއެވެ. މި […]

ޙުސައިން ޝަހުދީ
ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހިންގާ “އާއިލީ ބޯހިޔާވެހިކަން” ޕްރޮގްރާމްގެ ދަށުން، ގްރޭޓަރ މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދު ހެނދުނު 09:00 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ. ފްލެޓަށް އެދި އެޕްލިކޭޝަ...

އިބްރާހިމް އަސްވާޤް
ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ

ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ

ކ. ވާދޫ ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި “ބަލްމާ 6” ނަމަކަށް ކިޔާ މި ދޯނި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 07:27 ހާއިރުއެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގާފައެވެ. ނަމަވެސް […]

އަލީ އާދިލް
56 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ރާއްޖެ ގެނެސްފި

56 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ރާއްޖެ ގެނެސްފި

އަތޮޅުތެރޭގެ ރަށްތަކުގައި ހުރި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި، އަލަށް ހޯދި 56 އެމްބިއުލާންސް ރާއްޖެ ގެނެސްފިއެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި މިއީ ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެކެވެ. ހެލްތް މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ ޖުމްލަ 65.3 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. މި އެމްބިއުލާންސްތައް ގެނައުމަށް މޯލްޑިވްސ...

ޔުމްނާ ޢަލީ
ޑިސެމްބަރު މަހު އެންސްޕާއިން ބޭސްފަރުވާގެ އެހީއަށް 54 މިލިއަން ރުފިޔާ

ޑިސެމްބަރު މަހު އެންސްޕާއިން ބޭސްފަރުވާގެ އެހީއަށް 54 މިލިއަން ރުފިޔާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިދިޔަ ޑިސެމްބަރު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 54،002،067.27 ރުފިޔާ ހޭދަކޮށްފިއެވެ. އެންސްޕާއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 54،002،067.27 ރުފިޔާ ޚަރަދުކޮށްފައިވާއިރު ރާއްޖެއިން ފަރުވާކުރުމަށް 35،073،224.96 ރުފިޔާގެ އެހީ ވަނީ ދީފައެވެ. އަދި ރާއްޖެއިން ބޭރުން ބޭސްކުރުމަށް 18،828،841.31 ރުފިޔާގެ އެހީ ވަނީ ދީފައެވެ. ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ރާއްޖޭގެ...

ޔުމްނާ ޢަލީ
ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފި

ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު 2026 ފެބުރުވަރީ 01 ވާ އާދިއްތަ ދުވަހުގެ 15:30 އާ ހަމައަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ. އިންތިޚާބުކުރާ މަޤާމުތަކާއި ދާއިރާތައް މި އިންތިޚާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގ...

ޔުމްނާ ޢަލީ
ހޮސްޕިޓަލްތަކަށް ބޭނުންވާ ލޯންޗުތައް ގެނައުމުގެ މަސައްކަތް ކުރިއަށް، ތިން ލޯންޗް ރާއްޖެ ގެނެެސްފި

ހޮސްޕިޓަލްތަކަށް ބޭނުންވާ ލޯންޗުތައް ގެނައުމުގެ މަސައްކަތް ކުރިއަށް، ތިން ލޯންޗް ރާއްޖެ ގެނެެސްފި

ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަތޮޅު ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތްތައް ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އަތޮޅު ހޮސްޕިޓަލްތަކަށް ބޭނުންވާ 7 ލޯންޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ. މީގެ ތެރެއިން ތިން ލޯންޗެއް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ހެލްތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ “އޭޝިއާ ޕެސ...

ޔުމްނާ ޢަލީ
މާލޭ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު އާދަމް އާޒިމަށް

މާލޭ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު އާދަމް އާޒިމަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވާދަކުރުމަށް، މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު، މިހާރުގެ މާލޭގެ މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރައްވައިފިއެވެ. އެމްޑީޕީގެ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އާދަމް އާޒިމާ ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. މި އިންތިޚާބުގެ މިހާރުގެ ނަތީޖާތައް ދައްކާގޮތުން ޖުމްލަ ސައްހަ ވޯޓުގެ 60 ޕަސެންޓަށްވުރެ މަތީ އަދަދެއް އާދަމް އާޒިމް ވަނީ ހޯއްދަވާފައެވެ. އެމްޑީޕީގ...

ޔުމްނާ ޢަލީ
ހަނިމާދޫ ރައީސްކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓް ޢަލީ އަށް

ހަނިމާދޫ ރައީސްކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓް ޢަލީ އަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ހދ. ހަނިމާދޫ ކައުންސިލްގެ މިހާރުގެ ރައީސް އަބުދުއްސައްތާރު ހަސަންގެ މައްޗަށް މިހާރުގެ ކައުންސިލް މެމްބަރު އަލީ އިބްރާހީމް ކުރި ހޯދައިފިއެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެމްޑީޕީގެ ޓިކެޓްގައި ހަނިމާދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް ޢަލީ އަށް ޓިކެޓް ކަށަވަރުވީ މިއަދު ބޭއްވި ޕްރައިމަރީގައި 121 ވޯޓު ހޯދައިގެންނެވެ. މި ޕްރައިމ...

ޔުމްނާ ޢަލީ
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ. ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރުފަހު 14:30 ގައެވެ. ވޯޓުލުން މިރޭ 20:00 އާ ހަމައަށް ކުރިއަށްދާނެއެވެ. ބޮޑު ތިލަދުންމަތީގެ ފަސް ރަށެއްގައި ވޯޓުލުން ކުރިއަށްދަނީ މި އިންތިޚާބުގައި ބޮޑު ތިލަދުންމަތީގެ ފަސް ރަށެއްގައި ޕްރައި...

ޔުމްނާ ޢަލީ
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރަހީނުކޮށްފައިހުރި މީހަކު ސަލާމަތްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ އެޕާޓްމަންޓެއްގައި ރަހީނުކޮށްފައިހުރި މީހަކު ސަލާމަތްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، ބިރުދައްކައިގެން ފައިސާ ހޯދަމުންދިޔަ މައްސަލައެއްގައި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާގައި ރަހީނުކޮށްފައި ހުރި މީހާ ފުލުހުން ވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފައެވެ. ފުލުހުން ހާމަކުރި ގޮތުގައި، ހުޅުމާލެ ފުލުހުން މި އޮޕަރޭޝަން ހިންގީ ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކުރުމަށްފަހުއެވެ. ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކުރުމަށްފަހު، އޭނާ...

ޔުމްނާ ޢަލީ